ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާ ސިފައިން ތިބުމާއިމެދު ރައްޔިތުންގެ ވޯޓެއް ނެގުން ލާޒިމް: ރައީސް ޔާމީން

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕެއިނަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާއިމެދު ރައްޔިތުން ދެކޭގޮތް ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުން ލާޒިމްކަމަަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބޭރުގެ އަސްކަރިއްޔާއިން ރާއްޖޭގައި ބަނޑަހަ ޖަހައިގެން ތިބޭ ތިބުން ކުށްވެރިކޮށް ވާހަކަދައްކަނީ ހަމައެކަނި އެމަނިކުފާނު ނޫންކަމަށެވެ. އެވާހަކައަކީ މިއަދު މުޅި ރާއްޖޭގައިވެސް ގުގުމާލާފައިވާ ވާހަކައެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ރައްޔިޔުންގެ ޖަޒްބާތަަކީ ސަރުކާރަށް ހުއްޓުވޭނެ އެއްޗެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ހައްސާސް މައްސަލަކަމަށެވެ. އަދި ރައްޔިތުންގެ ވެރިކަމެއްގައި މިފަދަ ކަންކަމުގައި އާންމުންގެ މެދުގައި ނުވަތަ ސަރުކާރުގެ ނިންމުމާއި ހިޔާލު ތަފާތުވާ ކަމުގައިވާނަމަ ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ  ރައްޔިތުން ތިބި ގޮތެއްގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރެއްކަން ފާހަގަކުރެއްވިއެވެ. އަދި އެބާރުގެ ބޭނުން ހިފައި އިންޑިޔާގެ ސިފައިން ތިބުމަކީ ރައްޔިތުން ބޭނުންވާ ގޮތްތޯ ނުވަތަ އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަނީ އުނދަގޫތޯ ދެނެގަތުމަށް ރައްޔިތުންގެ މެދުގައި ވޯޓެއް ނަގަންޖެހޭކަން ރައީސް ޔާމީން ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް އިންތިހާބަކާއި ކުރިމަތިލާން ޖެހޭނެކަމަށާއި އޭގެ ކުރިން މިހާރު ކުރިއަށްދާ ބައި އިލެކްޝަން ކެމްޕެއިންގަައިވެސް ސަރުކާރުގެ ސްޓޭންޑަކީ ކޮބައިކަން ރަސްމީކޮށް ސާފުކޮޮށް އަންގަންޖެހޭ ކަމަށެވެ. އަދި މިކެމްޕެއިނަށް ރަށްތަކަށް ވަޑައިގެންނެވުމުން އިސްތިގްބާލު އަދާކުރެއްވުމަށްފަހު ކުރަންޖެހޭ ފުރަތަމަ ސުވާލަކީ އެއީ ކަމަށާއި ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯދަން އަންނަ ހުރިހާ ބޭފުޅުންނާއި އެސުވާލު ކުރިމަތިކުރެއްވުމަށް ރައީސް ޔާމީން ގޮވާލައްވަފައެވެ. އެސުވާލަށް އެދެވޭ ޖަވާބެއް ދެއްވާ ބޭފުޅަކާއެކީ މަސައްކަތްކުރުމަށް ރައީސް ޔާމީން ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ބޭރުގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމަށް ހިތްވަރުދޭ ބަޔަކު ވެރިކަމުގައި ތިބުމަކީ ފަރުދީގޮތުންވެސް އެމަނިކުފާނަށް ގަބޫލުކުރެއްވޭ ކަމެއްނޫން ކަމަށެވެ. ޕީޕީއެމް ޕީއެންސީއަކީ އެކަމާއި ސާފުކޮށް ދެކޮޅު ހަދާ ޕާޓީއެއްކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވަނީ މީގެކުރިންވެސް އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއިމެދު އާންމުންގެ ވޯޓަކަށް ދިޔުމަށް ގޮވާލާފައެވެ. ޚާއްސަކޮށް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއިމެދު ވޯޓެއް ނަގަންޖެހޭކަމަށް އެމްޑީޕީގެ ލީޑަރޝިޕްއިން ވާހަކަ ދެއްކުމުން އެކަމަށް އިޝާރާތްކުރައްވާވެސް ރައީސް ޔާމީން ވަނީ ގައުމަށް މުހިންމީ ނިޒާމްގެ ވޯޓަކަށްވުރެ އިންޑިޔާ ސިފައިން ތިބުމާއިމެދު ނަގާ ވޯޓެއްކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން މިނިވަންވެވަޑައިގަތުމަށްފަހު އިންޑިޔާ އައުޓް ކެމްޕެއިން އަންނަނީ ފުޅާކުރަމުންނެވެ. ރައީސް ޔާމީން އިންޑިޔާ އައުޓް ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާއިރު އިންޑިޔާ އައުޓް ޓީޝާޓް ތުރުކުރައްވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރުންނާއި އެމްޑީޕީ މެމްބަރުން ވަނީ ޑިފެންސަށް ފައިބާ، އިންޑިޔާ އައުޓް ކެމްޕެއިނާއި ދެކޮޅަށް ވާހަކަދެއްކުން އިތުރުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: