ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން 2018ގެ އިންތިޚާބުގެ މައްސަލަ އަނެއްކާވެސް މުއައްސަސާތަކަށް!

ރިޔާސީ އިންތިހާބާއި ކުރިމަތިލެއްވި ރައީސް ޔާމީނާއި ރަނިންމޭޓް ޑރ ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދި އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުން ކަމާއި ގުޅުންހުރި މުއައްސަސާތަކަށް އަނެއްކާވެސް ހުށައަޅައިފިއެވެ.

އިދިކޮޅުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިމައްސަލަ ހަތަރު މުއައްސަސާއަކަށް ހުށައަޅާފައިވާކަން ވަނީ ހާމަކޮށްފައެވެ. އެހަތަރު މުއައްސަސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް). މޯލްޑިވްސް ޕޮލިސް ސާވިސް، އަދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަން ޕަރސަން އޮފީހެވެ.

އިދިކޮޅުގެ ގާނޫނީ ޓީމުން ބުނީ، އެޓީމުން ކުރި ދިރާސާތަކުން ކިތާބީ ހެކި އަދި ޝަފަވީ ހެކީގެ ގޮތުގައި 25 ކަމެއް ފާހަގަކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ޖިނާއީ މައްސަލަތަކެއް ކަމަށާއި މިކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ގާނޫނުލް އުގޫބާތުގެ ދަށުން ޖަލު ހުކުމްތަކެއް އަންނާނެކަމަށް ގާނޫނީ ޓީމުން ފާހަގަކުރެއެވެ.

އޭގެ ތެރޭގައި ފޭކު ވޯޓު ކަރުދާސް އުފައްދާ، ފޭކު ވޯޓު ކަރުދާސް ބެހުނ،ް ޝަޚްސު އޮޅުވާލުން، ރިޝްވަތު ދިނުމާއި ހިފުން، ވޯޓު ކަރުދާސް ޗާޕްކުރުމަށް ބީލަން ހުށައެޅުމުގެ މަރުހަލާގައި އޮޅުވާލުން އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެއެވެ. އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތުދިނުމާއި މުވައްޒަފުންނަށް ބިރުދައްކާފައިވާކަންވެސް ގާނޫނީ ޓީމުން ކުރި ދިރާސާތަކުން ހާމަވެފައިވާކަމަށް އެޓީމުން ބުނެއެވެ.

“2018ގެ ރިޔާސީ އިންތިޚާބުގައި އަވަށްޓެރި ގައުމެއްގެ ނުފޫޒާއި ފައިސާގެ ނުފޫޒު ވަނީ ވަރަށް ބޮޑަށް ވަދެފައި” އިދިކޮޅުގެ ގާނޫނީ ޓީމް

އިދިކޮޅުން ގަބޫލުކުރާ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ނާކާމިޔާބީއާއި ކުރިމަތިލާންޖެހުނީ ވޯޓު އޮޅުވާލުމުންނެވެ. އިންތިހާބުގެ ވޯޓު އޮޅުވާލުމުގެ ތުހުމަތު އިދިކޮޅުން މައިގަނޑު ގޮތެއްގައި ކުރަނީ އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް އަހުމަދު ޝަރީފަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މިކަމުގައި ޝާމިލްވާކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ. އަދި އީސީ ޝަރީފާއި އެހެނިހެން ބައެއް ބޭފުޅުންގެ އޯޑިޔޯތަކެއްވެސް މީޑިޔާތަކާއި ހަމައަށް ތިލަވެފައިވާކަން އިދިކޮޅުގެ ގާނޫނީ ޓީމުން ފާހަގަކުރެއެވެ. އޯޑިޔޯތަކުގެ ޓެސްޓުތަކެއް ނުހެދިކަމުގައިވިޔަސް، އެއަޑުތަކަކީ އާންމުކޮށް އިވޭ އަޑުތަކަކަށްވުމުން އެއީ އެބޭފުޅުންގެ އަޑުކަން ޔަގީންވާކަމަށް ގާނޫނީ ޓީމުން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާގައި ރައީސް ސޯލިހަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. ރައީސް ސޯލިހު އިންތިހާބު ކާމިޔާބުކުރެއްވީ 58.40 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 41.60 އިންސައްތައިގެ ވޯޓެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: