ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް.އެން.ޕީ އަދި އަދާލަތު ޕާޓީން އަޑިއަޑިން ޕީޕީއެމް އާއި ގުޅިގެން ކޮމަންޑޫގެ ގޮނޑި ސަރުކާރަށް ގެއްލުވާލުމުގެ މަސައްކަތުގައި ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫ ބައި އިލެކްޝަން އަށް ވޯޓްލާން 15 ވަރަކަށް ދުވަހަށް ވެފައިވާއިރު ސަރުކާރުގެ އެތެރެއިންނާ އަދި ސަރުކާރަށް ހެޔޮއެދިގެން ހެދި ޕާޓީއެއް ކަމަށް ބުނާ އެމްއެންޕީ ޕާޓީގެ ނާޒިމް އަދި ރިޔާޒް ދަނީ ކޮމަންޑޫ ގޮނޑި ސަރުކާރަށް ގެއްލުވާލުމައްޓަކައި އަޑިއަޑިން ޕީޕީއެމް އާއި ޑީލް ހަދައިގެން އެމްޑީޕީގެ ވޯޓްތައް ގަންނަމުންނެވެ.

ފުރަތަމަކޮޅުގައި އެމްއެންޕީ އަކީ ރައީސް ސޯލިހު އަށް ވަރަށް ހެޔޮ އެދޭ ޕާޓީ އެއް ކަމަށް ބުނެ ސަރުކާރުން ބޭނުންވަނީ ހަންނާނު ހޮވަންކަމަށް އެމްޑީޕީ މެންބަރުންނަށް ވިސްނައިދޭން މަސައްކަތްފެށިއެވެ. މިކަންތައް ބޮޑުވެ އެންމެ ފަހުން ރައީސް ސޯލިހު އެދާއިރާއށް އެންމެފަހުން ކުރެއްވި ޒިޔާރަތުގައި ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓަކީ  އެމްޑީޕީ ކެންޑިޑޭޓް ރާޝީދު ކަމަށާއި އަދި އިތުރަށް ސާފު ކޮށްދޭން “ބާގީންނަށް” ވޯޓް ނުދޭށޭ ވިދާޅުވުމުން އެމްޑީޕީ މެންބަރުނަށް އެމްއެންޕީ އަކީ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ޕާޓިއެއްކަން ސާފުވިއެވެ.

ނަމަވެސް “ބާގީންނޭ” ރައީސް ސޯލިހު ގޮވާލުމާއި އެކީގައި ފާޅުގައި އެއްކަލަ ސަރުކާރަށް ހޮޔޮއެދޭ ކަމަށް ބުނާ އެމްއެންޕީ އިން މަސައްކަތް ފަށައިފިއެވެ.  ނާޒިމް އަދި އަބްދުﷲ ރިޔާޒު ދަނީ ފާޅުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އަދި މިހާރު ރައީސް ޔާމީން އަދި ޕީޕީއެމް އާއި އެކީގައި ސިއްރު ޑީލްތައް ހަދައިގެން އެމްޑީޕީއިން ވޯޓް މަދުކުރަން ފައިސާ ބަހަނީވެސް އެމްޑީޕީ މެމްބަރުންނަށެވެ.

އަދާލަތު ޕާޓީ އިން ކުއްލިއަކަށް މޫނުބުރުގާގެ މައްސަލަނެގުން އަދި އެމްއެންޕީންވެސް މިކަމާ ބަޔާން ނެރުން ؟

އަދި ހަމަ އިލެކްޝަން ބޯމަތިވެފައި އޮތް ދުވަސްވަރު ތުއްތުކުދިންނަށް ކިޔަވާދޭއިރު މޫނުބުރުގާ ނަގައިގެން ކިޔަވާދިނުމާ އިދިކޮޅަށް އަދާލަތު ޕާޓީން އެޑިއުކޭޝަން މިނިސްޓަރަށް ވަނީ ހޯމް މިނިސްޓަރު އިމްރާން އަދާލަތު ޕާޓީގެ ރައީސް ގެ ހައިސިއްޔަތުން ސިޓީއެއް ފޮނުވާފައި އެސިޓީ މީޑިއާ އަށް ދީފައިވެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯމޫސަވެސް ވަނީ މިކަމާ ޓްވިޓަރ ގައި ސުވާލު އުފައްދާފައެވެ.

އަދި ހަމަ އެހެންމެ އެމްއެންޕީ އިން ވެސް ވަނީ މޫނުބުރުގާ މައްސަލައިގައި ސަރުކާރަށް ފާޑުކިޔާ ބަޔާން ނެރިފައެވެ. މިހާރު އެމްޑިޕީ އިން ބުނާ “ބާގީން” ދަނީ އަޑިއަޑިން އެކީގައި މަސައްކަތް ކުރަމުންނެވެ. ބޭނުމަކީ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށް މިމީހުން ބޭނުންވާ ކަންތައް ސަރުކާރު ތެރެއިން ފަހި ކުރުމަށެވެ.

އަދި އެމްއާރުއެމްގެ ލީޑަރު ރައީސް މައުމޫން ކޮމަންޑޫގެ ސަރުކާރު މެމްބަރަށް ތާއީދު ކޮށްފައި ނުވާއިރު ރައީސް މައުމޫން ގެ ދަރިކަލުން ދުންޔާ ދަނީ އެމްއެންޕީގައި ހުރެގެން ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އަދި ގައްސާން މައުމުން ދަނީ ޕީޕީއެމްގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 43%ވަރަށް ގަޔާވޭ 34%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 2%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: