ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން ރާއްޖެއަށް ފައިޒާ ވެކްސިންގެ ދެ ލައްކައަށްވުރެ ގިނަ ޑޯޒް ހަދިޔާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާއިން ރާއްޖެއަށް އިތުރު 210،600 ޑޯޒްގެ ފައިޒަރ ވެކްސިން ފޯރުކޮށްދީފިއެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ އެމެރިކާއިން ރާއްޖެއަށް އިތުރަށް ފޯރުކޮށްދިން މި ވެކްސިންއަކީ ކޮވިޑް-19އިން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ދެމުންދާ އެއްބާރުލުމުގެ ތެރެއިން ދިން ވެކްސިން ކަމަށެވެ.

އަދި ކޮވެކްސްއާއި ޔުނިސެފް ފަދަ ފަރާތްތަކާއި ގުޅިގެން އެމެރިކާއިން މި މަސައްކަތުގައި ދެމިއޮންނާނެ ކަމަށާއި، ވަކިން ޚާއްސަކޮށް އޭޝިއާ ބައްރުގައި އޮމިކްރޯން ވޭރިއަންޓް އިތުރުވެފައިވާ ދަނޑިވަޅުގައި މި މަސައްކަތުގައި ދެމިއޮންނާނެ ކަމަށް އެމެރިކާ އެމްބަސީން ބުނެއެވެ.

އެމެރިކާ ސަރުކާރުން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރުމުން، ފޮރިން މިނިސްޓަރު އަަބްދުﷲ ޝާހިދު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއި އެމެރިކާ ސަރުކާރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: