ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ހަދިޔާކުރުމުން ޝާހިދުގެ ޝުކުރު އެމެރިކާއަށް!

އެމެރިކާ އިން ރާއްޖެ އަށް ހަދިޔާ ކުރި ފައިޒާ ވެކްސިން/ ފޮޓޯ: ޔޫއެސްއެއިޑް މޯލްޑީވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާއިން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓަށް ޝުކުރު އަދާކުރައްވައިފިއެވެ.

އދގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާއިން އިއްޔެ ދިވެހިރާއްޖެއަށް ވަނީ 210،600 ޑޯޒްގެ ފައިޒަރ ވެކްސިން ހަދިޔާކޮށްފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއި އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވާ މިނިސްޓަރ ޝާހިދު ވަނީ މި ވެކްސިންތަކަކީ ރާއްޖޭގެ އެންމެންނަށް ބޫސްޓަރ ޝޮޓް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވެފައެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސަރުކާރުން ދިވެހިރާއްޖެއަށް މީގެ ކުރިން ވެސް އެކި ފަހަރު މަތީން ވެކްސިން ހަދިޔާ ކުރި އެވެ. އަދި މީގެ އިތުރުންވެސް ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެމެރިކާ ސަރުކާރުގެ އެހީތެރިކަން  ވަރަށް ބޮޑަށް ލިބެމުން އަންނަކަން ފާހަގަ ކުރެވެއެވެ. އަދި އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕަސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި ޕީސީއާރް މެޝިނާއި، ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައިވެއެވެ. އަދި އައިއޭއީއޭ އާއި ޔުނިސެފް ފަދަ މަލްޓިލޭޓަރަލް އެޖެންސީތައް މެދުވެރިކޮށްވެސް އެހީ ފޯރުކޮށްދީފައިވެއެވެ.

އެމެރިކާ ސަރުކާރުން މިހާތަނަށް ރާއްޖެއަށް 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވެ އެެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު، ސަރުކާރުން މިވަގުތު ދަނީ ބޫސްޓާރ ޑޯޒް ޖެހުމަށް ބާރު އަޅަމުންނެވެ. އެގޮތުން މިހާތަނަށް 359،551 މީހުން ދެ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފައިވާ އިރު 62،402 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފައިކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: