ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 813 އަށް!

ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟
މިވަގުތު ކޮވިޑު-19 ގައި ހާލަތު ގޯސްވެފައިވާ އައްޑޫ ސިޓީން އިތުރު ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދުތައް 813 އަށް އަރައިފި އެވެ.

އައްޑޫ އިމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމުކޮށްފައިވާ ތަފަސްހިސާބުތައް ދައްކާ ގޮތުގައި، އިއްޔެގެ އިރުއޮއްސި 06:00 އާއި ހަމައަށް އެ ސިޓީގެ ރަށްތަކުން 118 މީހަކަށް ކޮވިޑު ޖެހިގެން ރިޕޯޓު ކުރި އެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދު 813 އަށް އަރަ އެވެ. އަދި މިހާތަނަށް އެ ސިޓީގެ ރަށްތަކުން ޖުމްލަ 4783 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އައްޑޫގައި މިވަގުތު ކޮވިޑުގެ ކޭސްތައް އެންމެ ގިނައީ ހިތަދޫގަ އެވެ. އެއީ 362 ކޭސް އެވެ. އޭގެ އިތުރުން ފޭދޫގައި ބަލިން ފަސޭހަ ނުވާ 135 މީހަކާއި، މީދޫން 72 މީހުން އަދި މަރަދޫގައި 81 މީހަކާއި، ހުޅުދޫގައި 72 މީހުން އަދި މަރަދޫފޭދޫގައި 54 މީހަކު އެބަތިއްބެވެ.

އައްޑޫއަކީ އެންމެ ހަލުވިކޮށް ކޮވިޑު ފެތުރެމުންދާ އެ ސަރަހައްދަށްވާއިރު، އެ ރަށްތަކުގައި ފެތުރެނީ އޮމިކްރޯން ވޭރިއަންޓުކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

އައްޑޫގައި ކޮވިޑު ޖެހުނު މީހުންގެ ތެރެއިން 03 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: