ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ސާމްޕަލް ނަގާ ވަގުތުތަކަށް އިތުރު ބަދަލެއް!

ކޮވިޑާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ސާމްޕަލް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން/ ފޮޓޯ: ސަންގު އެމްވީ --- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ސާމްޕަލް ނެގުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކާއި ވަގުތުތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އާއްމުކޮށްފި އެވެ.

މާލޭގައި ކޮވިޑު ސާމްޕަލް ނެގުމުގެ މަސައްކަތްތައް ދާނީ ސެނެހިޔާ ފްލޫ ކްލިނިކާއި، ސިނަމާލެ ބްރިޖް ކައިރީ އޮންނަ ޕާކިން ޒޯނު އަދި ހެންވޭރު ދަނޑެވެ. އޭގެ އިތުރުން ހުޅުމާލޭގެ ހޮސްޕިޓަލާއި، ރުއްގަނޑު ސަރަހައްދު އަދި ފޭސް ދޭއްގައި ވެސް ސާމްޕަލް ނެގުން ކުރިޔަށް ގެންދާނެ އެވެ. ވިލިމާލޭގެ ސާމްޕަލް ނެގުން ކުރިޔަށް ގެންދާނީ، ފްލޫ ކްލިނިކްގަ އެވެ.

ސެނެހިޔާ ފުލޫ ކްލިނިކްގައި ހަފްތާގެ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 ދޭތެރޭގައި ސާމްޕަލް ނަގާނެ އެވެ. އެއަށް ފަހު ހުކުރު ދުވަހު ސާމަޕަލް ނެގުމަށް ހަމަޖެހިފައި ވަނީ ހަވީރު 16.00 އިން 22.00 އަށެވެ.

ވިލިމާލެ ފްލޫ ކްލިނިކުން ސާމްޕަލް ނެގުމުގެ ހިދުމަތް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އިން ރޭގަނޑު 21:00 އަށެވެ.

މީގެ އިތުރުން ސިނަމާލެ ބްރިޖް ކައިރީ އޮންނަ ޕާކިން ޒޯނުގައި ކޮވިޑ19ް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ކޮންމެ ހޮނިހިރު ދަވަހަކުން ބުރާސްފަތި ދުވަހަކަށް ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. އަދި ކޮންމެ ހުކުރު ދުވަހަކު ސާންޕަލް ނެގުމަށް ކަނޑައެޅިފައިވާ ގަޑިޔަކީ މެންދުރުފަހު 15:00 އިން 18.00 އަށެވެ.

ހުޅުމާލެ ފޭސް 2 ގައި ކޮވިޑް-19 ސާނަޕަލް ނެގުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެވެސް 15:45 އިން 18.45 އަށެވެ.

ހުޅުމާލެ ރުއްގަނޑު 1 ވަނަ ސަރަހައްދުގައި ކޮވިޑް-19 ސާންޕަލް ނެގުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހަފްތާގެ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހު ހެނދުނު 9:30 އިން އިރުއޮއްސި 18:30 އަށެވެ.

ހެންވޭރު ފުޓްބޯލް ދަނޑުގައި ސާމްޕަލް ނެގުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެވެސް 15:30 އިން އިރުއޮއްސި 18:30 އަށެވެ.

ވިލިމާލެ ފްލޫ ކްލިނިކްގައި ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ގަޑިއަކީ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން އިރުއޮށްސި 18:30 އަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: