ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ ކޭސްތަކާއި އެކު ވެސް މެދުކެނޑުމެއް ނެތި ހިދުމަތްތައް ދަނީ ދެމުން: އާތިފް

ކުޅުދުއްފުށި ސިޓީ-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ކުޅުދުއްފުށީގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ހުސްވި ޑިސެމްބަރު މަހުން ފެށިގެން މައްޗަށް ގޮސްފައިވާތީ އެޗްޕީއޭގެ ފަރާތުން އެރަށް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވަނީ ހުސްވި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ރަށުން ކޮވިޑު ކޭސްތައް ފެނި މިއަދާއި ހަމައަށް ޖުމްލަ 1،112 ކޭސް އެއް ރިޕޯޓްކުރެވިފައިވާ ކަމަށާއި މިހާތަނަށް ބަލިން 602 މީހުން ބަލިން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސް ގޮތުގައި 598 މީހުންނާއި އެޑްމިޓް ކޮށްގެން 02 މީހަކަށް ފަރުވާދެމުންދާކަމަށް ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް “ސަންގު” ޓީވީ އަށް މައުލޫމާތު ދެއްވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވި ގޮތުގައި ކޭސްތަކުގެ އަދަދުތައް އިތުރުވެފައިވަނީ ބައްޔާއިމެދު އާންމުންގެ ސަމާލުކަން ކުޑަވެފައި ވާތީ ކަމަށެވެ. އަދި ހޯމް ކަރަންޓީނުގައި ތިބޭ މީހުން ބަލި ޖެހިފައިވާ މީހާއާއި އެކު ގޭގެ އެންމެން ކަރަންޓީނުގައި ތިބުމުގެ ސަބަބުންކަން ފާހަގަ ކުރެއްވި އެވެ.

އަދި ވެކްސިން ޕްރޮގްރާމް ގިނަ ބަޔަކު ފުރިހަމަކޮށް އާބާދީގެ 93 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިކަމަށާއި ބޫސްޓަރ ޑޯޒް ޖެހުމުގެ ޕްރޮގްރާމް ރަށުގައި ކާމިޔާބު ކަމާއި އެކު ޕަބްލިކް ހެލްތުގެ ފަރާތުން ދެމުން ގެންދިއުމުގެ ސަބަބުން ބަލީގައި ސީރިއަސްވާ މިންވަރު ދަށްވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ މާލެއެކޭ އެއްގޮތަށް ހާލަތަށް ބަލައި އެއްވެސް ހިދުމަތެއް މެދުނުކުނޑި ދެމުންގެންދަނީ ކައިރި ރަށްރަށުން ހާއްސަކޮށް ހދ އަތޮޅާއި ށ އަތޮޅުން ސިއްހީ ފަރުވާއާއި ބޭންކުގެ ހިދުމަތް ފަދަ އަސާސީ ހިދުމަތް ހޯދަން އަންނަ މީހުންނަށް ދަތިކަމެއް ނެތި އެހިދުމަތް ލިބޭނެ ގޮތް ހަދައިދިނުމަށް ކަމަށެވެ.

ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ރަށުން ބޭރުން އަންނަ ފަރާތްތަކަށް ދުރާލައި އެކަމަށް އެދި ހޮސްޕިޓަލަށް ގުޅައި އެޕޮއިންޓްމެންޓް ހެދުމަށްފަހު އީއޯސީއަށް މެއިލް ކުރުމުން ކައުންސިލްގެ ފަރާތުން ރަށަށް އެރުމުގެ ހުއްދަ ލިބޭނެ ކަމަށާއި އަދި ހޮސްޕިޓަލްގެ ހިދުމަތް ހޯދޭނެ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

އަދި ޒަރޫރީ ބޭނުމެއް ނުވަތަ އެހެނިހެން ބޭނުމަކު މިސާލެއްގެ ގޮތުން ބޭންކިންގ ގެ ހިދުމަތް ހޯދުމަށް ކައިރި ރަށަކުން މީހަކު އެރަށަށް ޒިޔާރަތް ކުރުމަށް އެދޭ ނަމަ ދަތުރުގެ ތަަފްސީލާއި ދަތުރުކުރާ މީހުންގެ ތަފްސީލު ކައުންސިލްގެ ފަރާތުން ގާއިމްކޮށްފައިވާ  އީއޯސީގެ އީމެއިލް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމުން ކައުންސިލްގެ ފަރާތުން އެހުއްދަ ދޭ ކަމަށާއި އެކަން އެގޮތަށް ކުރަމުން އަންނަ ކަމުގައި ވެސް މޭޔަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: