ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫއަށް ފޮނުވި ފަސް ޑޮކްޓަރުން ފިލައިގެން ދިޔަ މައްސަލައެއް!

ގދ. ތިނަދޫ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދާދި ފަހުން ގދ ތިނަދޫއަށް ފޮނުވި ފަސް ޑޮކްޓަރަކު ސަރުކާރަށް ނޭންގި ފިލައިގެން ގޮސްފައިވާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣްނީ މިނިސްޓަރ ނަސީމަށް ސުވާލުކުރުމަށް ލިބިލެއްވި ފުރުސަތުގައި ތިނަދޫއަށް ގެންދާ ޑޮކްޓަރުން ހޮސްޕިޓަލުގައި “ހަރުނުލާ” މައްސަަލައާއި ގުޅޭގޮތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓަރ ނަސީމް ވިދާޅުވީ ދާދިފަހުން ތިނަދޫއަށް ފޮނުވި ފަސް ޑޮކްޓަރުންވެސް ފިލައިގެން ދިޔައީ ސަރުކާރަށް ނޭންގިކަމަށެވެ. އަދި އެކަން އެގޮތަށް ނުހިނގާނެ ގޮތަކަށް މިހާރު އިންތިޒާމްތައް ބަދަލުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ހެލްތު މިނިސްޓްރީއާއި އިމިގްރޭޝަނާއި ގުޅިގެން އެކަން ހުއްޓޫވާނެ އިންތިޒާމްތަކެއް ވާނީ ހަމަޖައްސާފައި” މިނިސްޓަރ

މިނިސްޓަރ ވިދާޅުވީ އެމީހުންގެ ފަރާތުން ލިބެންޖެހޭ އުޖޫރުތަކެއް ހުންނަކަމަށެވެ. އަދި އެގޮތަށް ފިލައިގެން ދިޔުމުން ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ބޭރުން ގެންނަ ޑޮކްޓަރުން ފިލައިގެން ނުދާނެފަދަ ގޮތަކަށް ރަށްތަކުންވެސް މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: