ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ބަޔާނާއި ގުޅޭ ބިލް ގާނޫނުތަކާއި ފުށު އަރާ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލީ ބަޔާނުގެ ސައްހަ ކަން ކަަށަވަރު ކުރުމަށް އޮޑިޓް ފާމެއްގެ އެހީގައި މާލީ ބަޔާން އޮޑިޓް ކުރަންޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މާލީ މަސްލަހަތު ހާމަކުރާ ބިލަކީ މާލީ ބަޔާންތައް ހާމަކުރުމަށް ގާނޫނު އަސާސީގައި ބަޔާން ކުރާ ފަރާތްތަކުގެ މާލީ ބަޔާން ހާމަކުރުމަށް ހުށައެޅުނު ބިލެކެވެ. އިންތިހާބީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރުމަކީ ލާޒިމް ކަމެއްގެ ގޮތުގައި ގާނޫނު އަސާސީގެ ވަކި ވަކި މާއްދާގައި ވެއެވެ.

މިބިލާއި މެދު “ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިއީ ބައެއް ގާނޫނު ތަކާއި ފުށުއަރާ ބިލެއް ކަމަށެވެ.

އެގޮތުން ބިލުގެ ސަބަބުން އޮޅުންތަކެއް އަރާ ކަމުގައި އޭނާ ވިދާޅުވި އެވެ. އަދި މި ބިލަކީ އޭނާ ސިފަކުރައްވާ ގޮތުގައި ސަރުކާރުގެ ތެރެއަށް ބާރުތައް ޖަމާކުރާ ބިލެއް ކަމަށާއި އަދި ބިލުގެ ސަބަބުން މަޖިލިސް މެމްބަރުން ބިރުވެރިކަމެއް ކުރިމަތިވެދާނެ ކަމުގައި ޝިޔާމް ވިދާޅުވި އެވެ. އޭގެ ސަބަބެއްކަމުގައި އޭނާ ވިދާޅުވީ މާލީ ބަޔާން ހުށައަޅަންޖެހޭ މުއްދަތުގެ ތެރޭގައި ހުށަނޭޅުމުގެ ސަބަބުން ދޭ އަބަދުތަކެއް ބިލުގައި ހިމެނިފައިވުމެވެ. އޭގެ ތެރޭގައި މަދަނީ އަދި ޖިނާއީ އަދަބު އެކުލެވޭއިރު މަދަނީ ޖޫރިމަނާ ހިމެނޭއިރު އެޖޫރިމަނާ ތައް ނިސްބަތުން ވަރަށް ބޮޑު ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މާލީ ބަޔާން ހުށައަޅާ އެންމެނަށް އެވްރެޖް މުސާރަ ނުލިބިދާނެ ކަމަށާއި އަދި މާލީ ބަޔާނުގެ ސައްހަ ކަން ކަަށަވަރު ކުރުމަށް އޮޑިޓް ފާމެއްގެ އެހީގައި މާލީ ބަޔާން އޮޑިޓް ކުރަންޖެހޭ ކަމަށެވެ. އެހެން ކަމުން ވަކި މުއްދަތެއްގެ ތެރޭގައި މާލީ ބަޔާންތަށް ސެޓިފައިޑް އޮޑިޓަރެއްގެ އެޕްރޫވަލް އާއެކު ހާމަ ކުރުމަކީ ފަސޭހަކަމަކަށް ވެގެން ނުދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. މިސާލެއް ނަންގަވައި ޝިޔާމް ވިދާޅުވީ މިހާރުވެސް ތަފާތު އެކި ރިޕޯޓްތައް ހުށައަޅަންޖެހޭ މުއްދަތުގެ ތެރޭގައި ތަފާތުއެކި ސަބަބުތަކާއި ހުރެ ހުށައަޅަންޖެހޭ ދުވަހަށް ހުށަނޭޅޭކަމަށެވެ. އެކަމުގެ ސަބަބުން ކުދި ކުދި ޖޫރިމަނާ ވިޔަފާރިތަކުން ކުރަމުން އަންނަތަން ފެނިގެންދާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މާލީ ބަޔާން އަންގާފައިވާ މުއްދަތުގެ ތެރޭގައި ހުށައެޅުމަށް އުނދަގޫ ވާނެ ކަން ވިދާޅުވަމުން ޝިޔާމް ވިދާޅުވީ ހާހަކަށް ވުރެ ގިނަ ސިޔާސީ މަގާމާއި މިނިވަން މުވައްސަސާ ތަކާއި ސިވިލްސާވިސް ހިމެނިފައިވުމުން އެއީ ނިސްބަތުން ވަރަށް ގިނަ ބައެއް ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ. ވަކި މުއްދަތެއްގެ ތެރޭގައި ވަކި ޝަރުތުތަކެއް ހަމަވެގެން އެހުރިހާ އެންމެންގެ މާލީ ބަޔާން ނެރުމަކީ އުނދަގޫ ކަމެއް ކަމުގައި އޭނާ ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: