ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިސޭބިލިޓީ މެނޭޖްމަންޓް ޓްރެއިނިންގް ސެންޓަރުގެ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް ގެފަރާތުން ނުކުޅެދުންތެރިކަން ހުންނަމީހުންނަށް ޙާއްސަ ޓްރޭނިންގް ސެންޓަރ (ޑިސޭބިލިޓީ މެނޭޖްމަންޓް ޓްރެއިނިންގް ސެންޓަރ) އެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިނިސްޓަރ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސްގެ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުގެ ބަޖެޓްއިން ކުރިޔަށް ގެންދާ މިމަސައްކަތުގެ އަގަކީ ހަތަރު މިލިޔަން ރުފިޔާ ކަމުގައެވެ. އަދި އެ ސެންޓަރު އަޅަން ބިން ހަމަޖެހިފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މިހާރު އެ ސެންޓަރުގެ ކޮންސެޕްޓް ތައްޔާރުކޮށްފައިވާ ކަމަށާއި، މި ސެންޓަރުގައި 18 އަހަރުން މަތީގެ ފަރާތްތަކައް ޙާއްސަ ޓްރޭނިންގް ދިނުމުގެ އިތުރުން އެކޮމޮޑޭޝަން ހަމަގައްސައިދިނުމަށް ނިނަމަފައިވަކަންވެސް އައިޝަތު މުހައްމަދު ދީދީ ވިދާޅުވިއެވެ.

މީގެއިތުރުން، ގެވެށި އަނިޔާގެ ޝިކާރަޔަކަށް ވެފައިވާ ފަރާތްތަކަށް އެކަމަށް ހާއްސަ ތަންތަން ރާއްޖޭގެ އެކި ރަށްތަކުގައި ގާއިމް ކުރުމަށް އެ މިނިސްޓްރީގެ ޕްލޭންގައި ހިމަނައިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: