ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް، އައްޑޫ އަދި ފުވައްމުލަކަށް ކުރެެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް އައްޑޫ ސިޓީއަށް ވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ އަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރު ނިންމަވާލައްވައި މިއަދު މާލެ އަށް ވަޑައިގެންފި އެވެ.

ފުވައްމުލަކާއި އައްޑޫގެ މަޝްރޫއުތަކެއް ފެއްޓެވުމާއި ނިމިފައިވާ މަޝްރޫތަކެއް އިފުތިހާކޮށް ދެއްވުމަށް ރައީސް ކުރެއްވި ދަތުރުގައި އެންމެ ފުރަތަމަ ހުކުރު ދުވަހު ވަޑައިގެންނެވީ ފުވައްމުލަކަށެވެ. އަދި އައްޑު އަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހު އެވެ.

ރައީސްގެ ފުވައްމުލަކުގެ ދަތުރުގެ ތެރެއިން އެ ސިޓީގެ އެއާޕޯޓް ބޮޑުކުރުމާއި 50 އެނދުގެ އާ ހޮސްޕިޓަލެއް އިމާރާތްކުރުމާއި ގިނަ އަދަދެއްގެ ފްލެޓްތަކެއް އެޅުން ފަދަ ޕްރޮޖެކްޓްތައް އިއުލާންކުރެއްވި އެވެ.

އައްޑޫ ދަތުރުގެ ތެރެއިން ފޮލިސް ކޮލެޖް ހުޅުއްވައި ދެއްވުމުގެ އިތުރަށް މަރަދު އާއި މަރަދޫ ބަނދަރު ހުޅުއްވައި ދެއްވުމާއި އައްޑޫގައި މިސްކިތެއް ހުޅުއްވައި ދެއްވުމާއި މަގު ހެދުމުގެ މަޝްރޫއު ފައްޓަވައި ދެއްވުމުގެ އިތުރަށް އައްޑޫގެ ތަރައްގީ އެކިއެކި މަޝްރޫތައް ހިންގަވާނެ ކަމަށް ވިދާޅުވި އެވެ.

ދެ ސިޓީ އަށް ކުރެއްވި ދަތުރުގެ ތެރޭގައި ރައްޔިތުންނަށް މާހެފުންތަކެއް ވެސް ބޭއްވި އެވެ.

ރައީސްގެ ދަތުރުގައި އަނބިކަނބަލުން ފަޒުނާ އަހުމަދާއި ބައެއް މިނިސްޓަރުންނާއި އެކި އޮފީސްތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިުގެންނެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: