ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާގެ ރައްޔިތުން ބަނޑަށްޖެހިދާނެ ކަމުގެ ބިރުހީވެފައި!:

ދިނޫކާ ލިޔަނަވައްތެ: ފޮޓޯ/ ރޮއިޓާސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ހާލަތު މިހާރު ހުރިވަށް ވުރެން ގޯސް ވެދާނެ ކަމުގެ އިޝާރާތެއް އެގަުމުގެ މަޖްލީހުގެ ރައީސް މަހިންދަ ޔަފަ އަބޭވަރްދަނާ ކުރައްވައިފިއެވެ.

މިހާރު ސްރީލަންކާގެ ހާލަތު ގޯސްވެ ގޮސްފައިވާ ހިސާބަކީ ފެށުމެއްގެ ގޮތުގައި އެގައުމުގެ މަޖްލީހުގެ ރައީސް ޔަޕަ އަބޭވަރްދަނާ ވަނީ ވިދާޅުވެފައިއެވެ.

ސްރީލަންކާގެ މަޖްލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރްދަނާ މިހެން ވިދާޅުވެފައިވަނީ ސްރީލަންކާގެ ހާލަތު ގޯސްވެ އެގައުމުގެ ރައްޔިތުން މަގުތައް މައްޗަށް ނުކުމެ ނުރުހުން ފާޅުކޮށް، ރައީސް ގޯޓަބަޔާ ރާޖަޕަކްޝާ އަދި ގާތުން މަސަތްކުރާ އިސް ބޭފުޅުންގެ އިސްތިުފާއައްގޮވާލާ މުޒާހަރާތަކް ކުރަމުންދާ ދަނޑިވަޅުގައި އެގައުމުގެ މަޖްލީހުގައި ކުރެވުނު ބަހުސްއެއްގައި ވާހަކަފުޅުދަައްކަވަމުންނެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އަދި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ސްރީލަންކާ ބަނޑަށް ޖެހިދާނެ ކަމުގެ ބިރުހިވެފައިވާ ކަމަށް އެގައުމުގެ ސީޔާސީ އިސް ބޭފުޅެއް ވިދާޅުވެފައިވަނީ ގައުމުގެ މާލީ ހާލަތު އަތުފަތު ނުޖެހޭވަރަށް އަޑިއަށް ގޮސްފައިވަނިކޮށެވެ.

ސްރީލަންކާގެ މަޖްލީހާ ވާހަކަފުޅު ދައްކަވަމުނ އަބޭވަރްދަނާ ވިދާޅުވީ ކަންކަން އަދި ފެށިގެން އަންނަނީ ކަމަށާއި ކާބޯތަކެތީގެ ދަތިތައް، ކައްކަން ބޭނުންކުރާ ގޭސް ނުލިބުން އަދި ކަރަންޓު ކެނޑިދިއުން ފަދަ ދަތިތައް އިތުރަށް ގޯސްވެގެން ދާނެކަމަށެވެ.

މިދިއަ މަސްތަކުގެ ތެރޭގައި ސްރީލަންކާގެ އިޖްތިމާއީ އަދި އިގްތިސޯދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިއެވެހާލަތު ދަށަށް ގޮސްފައިވަނީ އެކި ސަބަބުތައް އެއްވެގެން އުމުން ކަމަށް ކަމާބެހޭ މާހިރުން ވީދާޅުވެއެވެ.

ހާލަތުގެ ގޯސްވެގެން ދިޔަ ސަބަބު ތަކުގެ ގޮތުގައި ކަމާބެހޭ މާހިރުން ވިދާޅުވަނި، ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ސަބަބުން އެގައުމުގެ ދަރަނި އިތުރުވުމާއި، މޫސުމީ ނޭދެވޭ ބަދަލު ތަކުގެ ސަބަބުން ލޯނުގެ އެހީގައި ފެށި ބައެއް މަޝްރޢުތައް ނާކަމިޔާބުވުމެވެ، މީގެ އިތުރުން ސަރުކާރުގެ އިހުމާލުގެ ސަބަބުންވެސް ބައެއް މަޝްރޢުތައް ހުއްޓިފައިވުމާއި ކޮވިޑް19 ގެ ބަލިމަޑުކަންވެސް މިސަބަބުތަކުގެ ތެރޭގައި ފާހަންގަކޮށްލާފައިވެއެވެ.

ސްރީލަންކާގެ ފޮރިން ކަރަނސީ ރިޒާރވްގައި ފައިސާގެ އަދަދުތައް ދަށަށް ގޮސްފައިވާތީ އެގައުމަށްވަނީ ގޭސް، ކާބޯތަކެތި އަދި ބޭސް ކަހަލަ ޒަރޫރީ ކަންކަމަށް ބޭނުން ކުރާ ބޭރު މުދާ އެތެރެކުރުމުގައި ހުރަސްތަކެއް ކުރިމަތިވެފައިއެވެ.

ސްރީލަންކާގެ ރައްިޔިތުން ދުވާލަކު 8 ގަޑިއިރައްވުރެން ގިނައިރު ކަރަންޓު ކެނޑިފައިހުރުން ތަހައްމަލް ކޮއްގެން ތިބިނަމަވެސް އިތުރައް ހާލަތު ގޯސްވެގެން ދިއުމާ ގުޅިގެންވަނީ މަގުތައް މައްޗަށް ނުކުމެ ރައީސް ގޯޓަބަޔާ ރާޖަޕަކްޝާ އިސްތިއުފާ ދެއްވުމަށް އެދި ގޮވާލާފައިއެވެ.

ގަދަވެފައިވާ އިސްތިއުފާގެ އަޑުތައް ކަނޑުވާލުމުގެ ގޮތުން އެއްވެފައިވާ ރައްޔިތުންނާދެކޮޅަށް ސްރީލަންކާގެ ފުލުހުންވަނީ ކަރުނަގޭސް އަދި ހައިޕްރެޝަރ ފެންޖާހާ ބަޑީގެ ބާރުގެ ބޭނުން ހިފާފައިއެވެ ނަމަވެސް ހާލުގައިޖެހި ރުޅިގަދަވެފައިވާ ސްރީލަންކާ ރައްޔިތުން ފަސްޖެހިފައިނުވާތީ، އެއްވެފައިވާ ރައްޔިތުން ހުއްޓުވަން އެގައުމުގެ ފުލުހުން ކުރި މަސައްކަތްތައްވަނީ ނާކާމިޔާބުވެފައިއެވެ.

ސްރީލަންކާގައި ހިންގަމުނދާ އެއްވުން ތަކުގައި އެގައުމުގެ ދީނީ ކަންކަމުގައި އުޅުއްވާ ބޭފުޅުން ތެރެއިން ވެސް އެތައްބަޔަކު ބައިވެރިވެ ރައްޔިތުންނަށް އޯގާތެރިވުމަށްދަނީ ގޮވާލާމުންނެވެ އަދި އެތަކެއް ޑޮކްޓަރުނެށް މިމުޒާހަރާތަކުގައި ބައިވެރިވެ، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހޯދުމުގައި ދިމާވެފައިވާ ދަތިތަކައް އަލިއަޅުވައި ސިއްހީގޮތުން ކުއްލި ނުރައްކާގެ ހާލަތު ދިމާވެފައިވާކަން ބަލައިގަތުމަށްވެސްވަނީ ސަރުކާރައް ގޮވާލާފައިއެވެ.

ސްރީލަންކާގެ ރައްޔިތުން އަދި ވެރިކަން ކުރާޕާޓީއައް ނިސްބަތްވާ، މިފަހުން އިސްތިއުފާ ދެއްވާފައިވާ ކުރީގެ އެޕާޓީގެ ބައެއް މެމްބަރުންވެސް، އެގައުމުގެ ރައިސްް ގޯޓަބަޔާ ރާޖަޕަކްސާގެ އިސްތިއުފާއަށް ގޮވާލަމުން ދިއަކަމުގަނަމަވެސް ވެރިކަމުން ފައިބައިވަޑައިގަންނަވާނެ ކަމުގެ އެއްވެސް އިޝަރާތެއް ރައިސް ރާޖަޕަކްސާ ކޮއްފައިނުވެއެވެ.

މިފަހުން ގައުމާ މުހާތަބް ކުރައްވަމުން ރައިސް ރާޖަޕަކްސާ ސްރީލަންކާއަށް ވިދާޅުވީ ދިމާވެގެން އުޅޭ ދަތިތަކަކީ އެބޭފުޅާގެ ސަބަބުން ކުރިމަތިވެފައިވާ ކަންކަން ނޫން ކަމަށެވެ އަދި މިހެންވެގެން އައީ ދުނިޔެ މަޝްރަހު ބައްޓަންވެފައި ހުރި ގޮތުގެ މަތިންކަމަށެވެ.

މީގެ އިތުރުން މިކަންކަމުން އަރައިގަތުުމުގެ ގޮތުން އިންޓަރނެށަނަލް މޮނެޓަރީ ފަންޑް ފަދަ ފަރާތްތަކާއެކު މަސައްކަތް ކުރައްވަމުންދާކަމަށްވެސް ރައްޔިތުނާ މުހާތަބް ކުރެއްވި އިރު ރާޖަޕަކްސާ ވަނީ ހާމަކުރައްވާފައިއެވެ.

ސްރީލަންކާގައި ގޯސްވަމުންދާ އިގްތިސޯދީ އަދި އިޖްތިމާއީ ހާލަތާމެދު ޔޫއެން އިންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައިއެވެ އަދި މިހާރު ދިމާވެފައިފައި ކަންކަން ހައްލުކޮށް ސުލްހަމަސަލަސްކަން ގާއިމްކުރަން ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: