ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ސަރުކާރުން ހެކިތައް ނައްތާފައިވޭ: އިބްރާހިމް ޝަރީފް

އިބްރާހިމް ޝަރީފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަރުގެ ބައެއް މައްސަލަތަކުގެ ޝަަރީއަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ދިމާވެފައިވަނީ ކުރީގެ ސަރުކާރުން، އެމައްސަލަތަކާއި ގުޅުންހުރި މުހިއްމު ގިނަ ހެކިތައް ނައްތާ، ބަދަލުކޮށްފައިވާތީ ކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާލުވެއްޖެއެވެ.

ސަރީފް މިހެން ވިދާލުވީ ސަންގުޓީވީގެ ” ހަބަރަށްފަހު ” ޕްރޮގްރާމްގައި، ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ދެ ކެނޑިޑޭޓުުން އަދި އެބޭފުޅުންނަށް ތާއީދުކުރަށްވާ މެމްބަރުންގެ ތެރޭގައި އުފެދިފައިވާ ކޯޅުންގަނޑު ހޫނުވެގެން ގޮސް، ދެމުންދާ ބަހުގެ ހަމަލާތަކުގެ ތެރެއިން ސަރުކާރަށް އަމާޒުކޮށްފައިވާ މަރުގެ މައްސަލަތައްބެލުން ލަސްވެފައިވުން، ނުފޫޒު ފޯރުވުން، ބިރުދެއްކުން ފަދަ ތުހުމަތުތަކާއި ފާޑުކިއުންތަކާއިމެދު ވާހަކަ ދައްކަވަމުންނެވެ.

ބައެއް ހެކިތަކަކީ އޭގެ ޒާތުގައި ވަގުތާއިއެކުވެސް ބަދަލުވެ ނެތިދާއެއްޗެއްކަން ފާހަގަ ކުރަމުން ޝަރީފް ވިދާޅުވީ، ކުރީގެ ސަރުކާރުން މައްސަލަތައް ބަލައި ކުރިއަށް ގެންގޮސްފައިވާ ގޮތުން، އެމައްސަލަތައް ޝަރީއަތުގައި ކުރިއަށްގެންދިއުމަށްޓަކައި ބޭނުންވާ ރަނގަޅު ހެކިތައް ހޯދުމުގައި މިސަރުކާރަށް ދަތިތަައް ކުރިމަތިވެފައިވާކަމަށެވެ ނަމަވެސް އެމައްސަލަތަކުގެ ޝަރީއަތް ކުރުމަށްޓަކައި މިސަރުކާރުން އިތުރަށް ހެކިހޯދުންފަދަ މަސަތްކަތް ކުރައަށްދާކަމަށް ގަބޫލު ކުރަށްވާ ކަމަށެވެ އަދި އިންސާފު ލިބިދިއުން ލަސްވުމަކީ އިންސާފު ނުލިބިދިއުން ކަމުގައިވެސް ޝަރީފްވަނީ ބުނުއްވާފައިއެވެ.

ސަރުކާރުގެ ދިފާއުގައި ވާހާކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިސަރުކާރުން ވެފައިވާ ވައުދުތައްފުއްދުމުގެ މަސަތްކަތް ކުރިއަށް ދާކަށެވެ އަދި މިކަމުގެ ހެއްކެއްގެ ގޮތުގައި ބައެއް މަރުގެ މައްސަލަތައް ޝަރީއަތައް ހުށައެޅި ހުކުމްވެސް ކުރެވިފައިވާކަން ޝަރީފްވަނީ ވިދާޅުވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: