ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ެއިންސާނީ ހައްގުތައް ދިވެހި ދައުލަތުން ކަށަވަރުކޮށް ނުދޭ: ހިއުމަން ރައިޓްސް ވޮޗް

ޖިންސީ ގޯނާގެ މައްސަލަތައް ބަލަން ގޮވާލައި ޒުވާނުންތަކެއް މާލޭގައި ކުރި އިހުތިޖާޖެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭން ޖެހޭ، ހިޔާލު ފާޅުކުރުމެ މިނިވަންކަން ފަދަ ބައެއް އިންސާނީ ހައްގުތައް ދިފާއު ކުރުމުގައި މި ސަރުކާރުން ނުކުޅެދިފައިވާކަމަށް ހިއުމަން ރައިޓްސް ވޮޗްއިން އާއްމު ކުރި ރިޕޯޓުގައި ބުނެފި އެވެ.

ހިއުމަން ރައިޓްސް ވޮޗުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުންގެ ހައްގުތައް ދިފާއުކުރުމުގެ ނަމުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. ކޮންމެ އަހަރަކު ނެރޭ ޖާނަލްއެއް ކަމަށްވާ ވޯލްޑް ރިޕޯޓްގައި ދުނިޔޭގެ އިންސާނީ ހައްގުތަކުގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ކުރު ހުލާސާއެއް އެ ޖަމިއްޔާއިން ހިމަނާނެ އެވެ. ބައިނަލްއަގުވާމީ މިންގަނޑެއްގައި އިންސާނީ ހައްގުތަކައި ގުޅުންހުރި މަސައްކަތްތަކެއް ކުރަމުން އަންނަ ހިއުމަން ރައިޓްސް ވޮޗްގެ މައި އޮފީސް ހުންނަނީ ނިއުޔޯކްގައިއެވެ.

އިއްޔެ ޖަމިއްޔާއިން “އައި ކުޑް ހެވް ބީން ނެކްސްޓް: ސްޓައިމީޑް ރިފޯމްސް އިން ދަ މޯލްޑިވްސް” ގެ ނަމުގައި ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުވެފައި އޮތް މިންގަނޑުތަކަށް އަލިއަޅުވައި 56 ސޮފުހާގެ ރިޕޯޓެއް ނެރިފައިވެއެވެ.

ރިޕޯޓުގައި މިހާރުގެ ދިވެހި ސަރުކާރުން ވެރިކަށް އައުމަށްޓަކައި، ޖިނާއީ ކުށްތަކާއި ބެހޭ ގާނޫނު އިސްލާހުކޮށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވީ ވައުދުތައް، ދައުރު ނިމެން ގާތްވި އިރު ފުރިހަމަވެފައި ނުވާކަމާއި ސަރުކާރުގެ ފަރާތުން ނޫސްވެރިނަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަ ނަމަވެސް ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއަށް ނުފޫޒު ފޯރުވާ މިންވަރު ކުޑަ ކުރެވިފައި ނުވާކަން ފާހަގަ ކުރި އެވެ. އަދި މުވައްޒަފުންނަށް ލިބެން ޖެހޭ ހައްގުތަކާއި، ވަޒީފާގެ ޔަގީންކަން ދެވިފައި ނުވާކަމަށް ރިޕޯޓުގައި ވެއެވެ.

ވަކިވަކި ފަރާތްތަކަށް އަމާޒުވެ ކުރަމުންދާ ގޯނާތަކާއި ދީފައިވާ ހަމަލާތަކާއި ގުޅިގެން ހުށައެޅިފައިވާ މައްސަލަތައް ނުބެލި، ކުރިއަށް ނުގޮސް އޮތުމުގެ ސަބަބުން، އެކި ނުފޫޒުތަކުގެ ބާރުގެ ކުރިމަތީގައި ދިވެހި ދައުލަތް ލެނބިފައިވާ މިންގަނޑު ދައްކުވައިދޭ ކަމަށްވެސް މި ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން މިސާލެއްގެ ގޮތުގައި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި، ބްލޮގާރ ޔާމީން ރަޝީދާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ މައްސަލަ ބެލުމަށްވީ ރިއާސީ ވައުދުތައް ފުރިހަމަވެފައި ނުވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ބުންޏެވެ.

މީޑިއާތަކުގެ މިނިވަންކަން ނުވަތަ ނޫސްވެރިކަމަށް ހުރަސްތަކެއް އައިސް ޖިނާއީ ދައުވާތަކެއް އުފުލައި ތުހުމަތުތަކެއްގައި ހައްޔަރު ކުރާ ހިސާބަށް ހާލަތު ގޯސް ނުވީ ނަމަވެސް ނޫސްވެރިންނަށް ނުފޫޒު ފޯރުވުމުގެ ސަގާފަތް އަދިވެސް ނެތިގެން ނުދާކަމަށް ރިޕޯޓުގައި ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައި ވެއެވެ. އަދި ސިޔާސީ ގޮތުން ނޫސްވެރިންނަށް ކުރިމަތި ކުރުވާ ފިއްތުންތަކާއި ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތައް ކަވަރުކޮށް އާއްމުންނާއި ހަމައަށް ގެނެސް ދިނުމުގައި ހުރަސްތަކެއް ދިމާވަމުންދާކަމަށް ރިޕޯޓުގައި ވެއެވެ.

މީގެއިތުރުން ތަހުގީގީ އިދާރާތްތަކުގެ އޮޮފިސަރުންނަށް ކެނޑިނޭޅި ލިބެމުންދާ އިންޒާރުތަކަށް އެއްވެސް ސަމާލުކަމެއް ނުދޭކަން ފާހަގަކޮށް ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި ބުނީ މި މައްސަލަައް އެކަށީގެންވާ ސަމާލުކަމެއް ދީންގެން ބަލައި ތަހުގީގު ކުރުން މުހިންމު ކަމަށެވެ.

މީގެއިތުރުން ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި މިދިޔަ އަހަރު އަންހެނުންގެ ދުވަހުގައި ޒުވާނުންތައް އިސްނަގައިގެން ވަޒީފާގެ މާހައުލުގައި ދިމާވާ ފުރައްސާރައާއި ދެކޮޅަށް ބޭއްވި ހިނގާލުން ހުއްޓުވައި ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހައި ބައެއް ކުދިން ހައްޔަރު ކުރުން ރިޕޯޓުގައި ހިމަނާފައި ވެއެވެ. އެރޭގެ ހިނގާލުމުގައި ބައިވެރިވި ޒުވާން އުރުމުގެ ކުދިންނަށް އެކިވަރުގެ އަނިޔާތައް ލިބިފާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ރިޕޯޓުގައި ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި، ޖަލުގައި ކުރާ އަނިޔާތައް އަދިވެސް އިތުރުކަން ހިމަނާފައި ވެއެވެ.

ދިވެހި ރާއްޖޭގައި އަދުލުއިންސާފު ގާއިމުކުރުމުގައި އާއި އެ މަގުސަދުގައި އުފެއްދިފައިވާ މުއައްސަސާތަކުގައި ގިނަ ގުނަ މައްސަލަތައް ހުރިކަން މިރިޕޯޓްގައި ފާހަގަކޮށް ޖަމިއްޔާއިން ވަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކުމަށް ބާރުއެޅުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމުތަކަށް ގޮވާލާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: