ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ައަދާލަތުން ޕީޕީއެމްގެ މެމްބަރުން ވަގަށް ނަގާކަން ސާފު: ޝުޖާއު

ހުޅުމާލޭގެ ކައުންސިލް މެމްބަރު، އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު/ ފޮޓޯ؛ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއިން ޕީޕީއެމް ގެ މެމްބަރުންތައް ވަގައްނަގާކަމަށް ތުހުމަތު ކޮށް އެ ޕާޓީއަށް މެމްބަރެއްގެ ފަރާތުން މަައްސަލައެއް ހުށައެޅުމާއެކު، ޕީޕީއެމް އިން އެކަމާއި ގުޅޭ ތަފްސީލްތައް ހިމެނޭ ވީޑިއޯއެއް ޓްވިޓާރގައި އާއްމުކޮށްފިއެވެ.

ޕީޕީއެމްގެ މެމްބަރެއްކަމަށް ބުނެ މީހަކު ވާހަކަދައްކާފައިވާ މި ވީޑިއޯގައި އެނާ ބުނެފައިވަނީ އެ އާއިލާއަށް ނިސްބަތްވާ އެތައް މެމްބަރުންނެއް އޮޅުވާލައިގެން އަދާލަތު ޕާޓީގެ ދަފްތަރުގައި ޖައްސާފައިވާކަމަށެވެ. އަދި މިކަން ފާހަގަ ކުރެވުމުން ކަން ހިންގާފައިވާ ގޮތް ސާފުކުރުމަށް އިލެކްށަންސް ކޮމިޝަންއަށް ސިޓީ ހުށައަޅައިފައިވާނެކަމާށާއި އެހެންކަމުން އެ ކޮމިޝަން އިން އެ ޕާޓީއިން ވަކިވުމަށް އިރުޝާދު ދިން ކަމަށެވެ. އަދި ފޯމު ހޯދަން އެދުމުން އެ ނުލިބޭނެކަމަށްވެސް ބުނި ނަމަވެސް އަދާލަތު ޕާޓީއިން ހުށައަޅާފައިވާ އެ ފޯމު ހޯދަން ރަސްމީކޮށް ސިޓީއަކުން އެދި އެތައް މަސައްކަތަކުން އެ ހޯދައިފައިވާނެކަމަށްވެސް މި ވީޑިއޯގައި ވާހަކަދައްކާ މަންޒަރުން ފެންނަ އަންހެން މީހާ ބުނެފައިވެއެވެ.

އިންގިލީގެ ނިޝާން ޖަހާފައިވާ ފޯމެއް ހިފައިގެން އިންދެ ވާހަކަދައްކަމުން އެ މީހާ ބުނެފައިވަނީ ޝަރީއަތަށް މި މައްސަލަ ހުށައަޅާނެކަމަށާއި އެ ފޯމުގައި ޖަހާފައިވާ ފިންގާރ ޕްރިންޓް އަކީވެސް އެނާގެ އަތުގެ އިންގިލީގެ ނިޝާން ނޫންކަމަށާއި އެއީ މީހަކުގެ ފައިގެ ބޮޑުވައިި އިންގިލީގެ ނިޝާން ކަމަށް ތުހުމަތުކޮށް އެނާ ވަނީ އަދާލަތު ޕާޓީއިން ވައްކަން ކުރަމުން ދާކަމުގެ އިންޒާމު އަޅުވާފައިއެވެ.

މިކަމާއި ގުޅިގެން ޕީއެންސީގެ ނައިބު ރައިސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު ޝުޖާއުވެސް ވަނީ ފާޑުވިދާޅުވެފައިއެވެ. އެހެންމުން ޓްވިޓާރ މެދުވެރިކޮށް އެނާ ވިދާޅުވެފައިވަނީ ޕީޕީއެމްގެ އާއިލާއެއް އަދާލަތު ޕާޓީއަށް “ވަގަށް” ވެއްދި  ކަމުގެ ޝަކުވާއެއް ލިބުމުން މައްސަލާއާއި ގުޅޭ ފޯމު ބަލައި ފާސްކުރުމުން އޭގައި ޖަހާފައިވާ ނަމްބަރަކީ ވުޖޫދުގައިވެސް ނުވާ ނަމްބަރެއްކަމަށާއި ހެކިވެރިންގެ ގޮތުގައި ޖަހާފައިވާ މީހުންނަށް ގުޅުމުން އެއީ އެފަރާތްތައް ނޫންކަމަށްވެސް ފާހަގަކުރެވިފައިވާކަަމަށެވެ.

މި މައްސަލައިގައި އިތުރަށް ވާހަކަ ދައްކަވާ “ތާއީދު ނެތިއްޔާ ސިޔާސީ ކަންކަމުގައި ނޫޅެބަލަ” މިފަދައިން މިނިސްޓަރ އިމްރާން އަބްދުﷲ އަށް އިލްތިމާޒް ކުރަށްވާ ޝުޖާއު ވިދާޅުވީ މިކަން ކޯޓަށް ހުށައަޅައި އިންސާފު ހޯދާނެކަމަށާއި މިފަދައިން ތަކުރާރު ނުވާނެކަން ޔަގީން ކުރަށްވާ މި އަމަލުތަކުގައި އިލެކްޝަންސް ކޮމިށަން ގެ ދައުރެއް ވޭތޯވެސް ބަލާނެކަމަށެވެ. އަދި އަދާލަތު ޕާޓީއިން 10 ހާސް މެމްބަރުން ހަމަކުރީ މިމޭރުމުން ކަން ސާފުކަަމަށް އެނާ ވަނީ ތުހުމަތު ކުރަށްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: