ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލުގެ އަގަށް އައި ބަދަލާއިއެކު އެސްޓީއޯއަށް 18 އިންސައްތައިގެ ފައިދާ

އެސްޓީއޯ. ފޮޮޓޯޯ:އެެޑިިޝަންްއެެމްްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ކުއާޓާގެ ތެރޭގައި އެސްޓީއޯގެ ޖުމްލަ އާމްނީ ގޮތުގައި 4 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި ނިމިދިޔަ ކުއާޓާގެ ތެރޭގައި ލިބިފައިވަނީ މީގެ ކުރީގެ ކުއާޓާތަކުގައި ލިބިފައިވާ ޖުމްލަ އާމްދަނީއާއި އަލާއި ބަލާއިރު 23 އިންސަތަ އިތުރު މިންވަރެކެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެސްޓީއޯއިން ބުނެފައިވަނީ ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާއިއެކު، އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީގެ ކުއާޓާރ އާއި އަޅާބަލާއިރު، 14 އިންސަތަ އިތުރުވުމުންކަމުގައެވެ. އަދި ހަމަ މިއާއިއެކު ކުންފުނިން ކުރަމުން ގެންދާ އިތުރު ވިޔަފާރިތައް ކުރިއެރުންވެސް ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމުގައި ބެލެވޭކަމަށް އެސްޓީއޯއިން އާންމުކުރި ލިޔުމުގައިވެއެވެ.

ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވުމާއެކު، ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 71.6 މިލިއަން ރުފިޔާ އިތުރުވެފައިކަމުގައި އާއި މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 18 އިންސައްތައިގެ ކުރިއެރުމެއްކަމަށް އެސްޓީއޯއިން ބުންޏެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން، އެސްޓީއޯގެ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 177 މިލިއަން ރުފިޔާކަމުގައިވާއިރު މިއީވެސް ކުރީގެ ކުއާޓާއާއި އަޅާބަލާއިރު 15 އިންސައްތައިގެ އިތުރުވުމެއްކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި ޓެކްސްއަށް ކެޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 150 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ބޮޑުވިނަމަވެސް، އެ ނިސްބަތުން އެސްޓީއޯއިން ތެލުގެ އަގުތައް ބޮޑުކޮށްފައި ނުވާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ރަމަޟާން މަހަށް ހާއްސަކޮށް، ރައްޔިތުންނަށް ބޭނުންވާ ތަކެތި އެތެރެކޮށް، ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް އެސްޓީއޯއިން ވަނީ ހާއްސަ އިސްކަމެއްދީފައިކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ހަމަ މިއާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ދެމުން ގެންދިޔަ ޚިދުމަތްތައް ފުޅާކޮށް، ތަފާތު މުދަލާއެކު، 13 މާރިޗް 2022 ގައި އައު ޑިޕާރޓްމަންޓް ސްޓޯރއެއްވެސް ވަނީ ހުޅުވާފައެވެ.

އެސްޓީއޯއިން ބުނެފައިވާގޮތުގައި ޕްރޮވިންޝަން އިތުރުވުމުގެ ސަބަބުން އެސްޓީއޯގެ ހިންގުމުގެ ޚަރަދު، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު ގާތްގަނޑަކަށް 10 އިންސައްތަ އިތުރުވެފައެވެ.

އެސްޓީއޯއިން ވަނީ އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން ކުންފުނީގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވާފައިކަވެސް ފާހަގަަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: