ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝައުނާގެ ތާއީދު ފައްޔާޒަށް: “ޗެއާޕާސަންކަން ކުރެވޭނެ ބޭފުޅަކީ ފަޔާ”!

މިނިސްޓަރު ޝައުނާ، ރައީސް އޮފީހުގެ ރަސްމިއްޔާތެއްގައި/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހަފްތާގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރެއްވުމަށް އެންވަޔަރަމެންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ ނިންމަވައި, އެކަން ހާމަކުރައްވައިފި އެވެއެވެ.

ޝައުނާ އަކީ އެމްޑީޕީގެ ޔޫތް ވިންގުގެ ރައީސްކަން ވެސް ކުރައްވާފައިވާ، އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ޕްރެސް ސެކޭޓްރީގެ މަގާމު ވެސް އަދާ ކުރި ފަރާތެކެވެ. އެތެރޭގެ އިންތިހާބުގައި މިހާތަނަށް ވަކި ފަރާތަކަށް ތާއީދު ކުރާކަން ހާމަކޮށްފައި ނުވާ ޝައުނާ ފައްޔާޒަށް ތާއީދު ކުރާކަން ހާމަކުރީ ކެމްޕެއިން ޓީމުން އާއްމު ކުރަމުންދާ ވީޑިއޯއެއްގަ އެވެ.

ޝައުނާ ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު އެއް މަގްސަދަކީ ޕާޓީގެ ސަރުކާރުތަކުން ރައްޔިތުންނާއި ހަމައަށް ހެޔޮ ބަދަލުތަކެއް ގެނައުންކަމަށާއި، އެ މަސައްކަތުގައި ކާމިޔާބީތައް ލިބުނު ނަމަވެސް އަދިވެސް ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތައް އެބަހުރިކަމަށެވެ. އެހެން ކަމުން ޕާޓީ ކުރިއަރުވައި، 2023 ކާމިޔާބު ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ބޭފުޅަކީ ފައްޔާޒްކަމަށް ޝައުނާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ، އޭނާ ފައްޔާޒަށް ތާއީދު ކުރި ނަމަވެސް ބައެއް ކަންކަމުގައި ދެބަސްވާ ފަހަރުތައް ވެސް ދިމާވާ ކަމަށެވެ. ކޮންމެ ކަމެއްގައި ވެސް ރަނގަޅު ގޮތް ހޯދައި، އެކަމެއް ކާމިޔާބުކޮށް ފައްޔާޒް ކޮޅެއްގައި ޖައްސާނެކަމުގެ ފުރިހަމަ އިތުބާރު އޮންނަކަމަށް ޝައުނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށާއި، އެމްޑީޕީގެ ޒުވާނުންގެ ގޮފި ކުރިއަރުވައި ބޮޑު މަގުބޫލުކަމެއް ހޯދި ޝައުނާ އެންވައިރޮމެންޓް މިނިސްޓަރަކަށް ބަދަލު ކުރީ ރައީސް އޮފީހުގެ ޕޮލިސީ ސެކޭޓްރީއަކަށް ހުންނަވަނިކޮށެވެ. އަދި ރައީސް ނަޝީދާއި ވަރަށް އަރިސްކަމަށް ބެލެވުނު ޝައުނާ ފައްޔާޒަށް ތާއީދު ކުރުމާއި އެކު، ޝައުނާއަށް މީގެ ކުރިން ތާއީދުކޮށް ވާހަކަ ދެއްކި ބައެއް މީހުން ވަނީ އޭނާއަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުކޮށްފަ އެވެ.

އޭގެ ތެރޭގައި ރައީސް ނަޝީދު ވެސް ޓްވީޓެއް ކުރައްވައި ޝައުނާއަށް ފާޑުވިދާޅުވި އެވެ. ފައްޔާއި އެކު ބައެއް އެހެން މިނިސްޓަރުންނާއި، ނުފޫޒު ހުރި ބޭފުޅުން މަސައްކަތް ކުރި ނަމެވެސް އޭގެއިން އެއްވެސް ބޭފުޅެއްގެ ނަން ވިދާޅުވެ ރައީސް ނަޝީދު ޓްވީޓު ނުކުރައްވަ އެވެ. މިއީ ފައްޔާޒަށް ތާއީދު ކުރި ބޭފުޅަކަށް ރައީސް ނަޝީދު މިހާ ފާޅު މިނެއްގައި ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ.

އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދާއި އަރިސް ގިނަ ބޭފުޅުން ދަނީ ފައްޔާޒަށް ތާއީދު ކުރަމުންނެވެ. އަދި ރައީސް ނަޝީދު ވެސް އެކަމާއި މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނާއި އަރިސް މެމްބަރުން ސިފަ ކުރަނީ އެއީ އެމްޑީޕީ ހަލާކުކޮށް ޕާޓީއަށް 2023 ގެއްލުވާލަން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: