ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު، ޝައުނާއަށް: “ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުއްވާ!”

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުޙައްމަދު ނަޝީދާ ގާތްގުޅުމެއް އޮންނަ މިހާރުގެ އެންވަޔަރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވަން ނިންމެވުމުން ނަޝީދު، ޝައުނާއަށް ރައްދު ދެއްވައިފިއެވެ.

ފައްޔާޒުގެ ކެމްޕެއިން ޓީމުން އާއްމުކުރި ޝައުނާގެ ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުތަކުން ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ އެތައް ކަމަކަށް ހައްލު ގެނެސްފައިވާއިރު އެ ޕާޓީން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށާއި އެކަންކަން ކުރެއްވޭނެ ބޭފުޅަކީ ފައްޔާޒު ކަމަށް ޝައުނާ ވިދާޅުވިއެވެ.

“ޖުމުލަކޮށް ބަލާއިރު މިހުރިހާ ކަމެއް ކުރުމަށް އަޅުގަނޑު ގަބޫލު ކުރާގޮތުގައި ޗެއާޕާސަންކަމަށް އިންތިހާބު ކުރަން އެންމެ މުހިންމީ އަދި މިކަން ކުރެވޭނެ ބޭފުޅަކީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި ފަޔާ،” ޝައުނާ ވިދާޅުވިއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ ފައްޔާޒާއި އޭނާއަށް ބަލާއިރު ގިނައީ ދެބަސްވާ ކަންކަން ކަމަށާއި ނަމަވެސް ފައްޔާޒަކީ ކަންކަން ނިންމައިދޭ މީހެއް ކަމަށެވެ.

ޝައުނާގެ މި ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރަން ނޫޅުމަށް ޝައުނާއަށް ގޮވާލާފައެވެ.

“އެމްޑީޕީގެ އާންމު މެމްބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަރަށް ސާފު ވާނެ.” ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: