ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްދާރަށް ގޮއްވާތީ ޝަރީފްގެ ރައްދު ރައީސް ޔާމީނަށް: “އަނގައެއް އޮތިއްޔާ ކޮންމެ ވާހަކައެއް ވެސް ދެއްކިދާނެ”!

ކުރީގެ ރައީސް ޔާމީނާއި، އީސީގެ ރައީސްކަން ކުރެއްވި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބު އޮޅުވާލައި، ޣައްދާރުވިކަމަށް ބުނެ ވާހަކަ ދެއްކުމުގެ ހައްގެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަދި ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

2018 ގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދޭން ޝަރީފް ރިޝްވަތު ނަންގަވައި ޣައްދާރުވިިކަމަށް އިދިކޮޅުން އަބަދުވެސް ތުހުމަތު ކުރެ އެވެ. އަދި ޖަލްސާތަކާއި ބައްދަލުވުންތަކުގައި ރައީސް ޔާމީން ތަކުރާރުކޮށް ދައްކާ އެއް ވާހަކައަކީ ޝަރީފަށް ދުވަހަކު ވެސް މައާފެއް ނުކުރާނެކަމަށާއި، ގައުމަށް ޣައްދާރުވެ ޝަރީފް ރިޔާސީ އިންތިހާބު އޮޅުވާލީ ކަމަށެވެ.

އިންތިހާބު އޮޅުވާލުމަށް އަނގޮޓިއާއި، ކަރުދާހުގައި ފާހަގަ ޖެހުމުން އެ އަނެއް ގޮޅިއަށް ވެއްޓޭ ޓެކްނިކްތަކެއް ބޭނުންކުރިކަމަށް ބުނެ ސުޕްރީމް ކޯޓަށް އިދިކޮޅުން މައްސަލަ ހުށަހެޅުމުން، އެ ކޯޓުން ނިންމީ އިންތިހާބު ބާތިލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ތުހުމަތު ކުރާ ގޮތުގައި، އިންތިހާބު އެމްޑީޕީއަށް ނަގައިދޭން ޝަރީފް ވަނީ އިންޑިއާ މެދުވެރިކޮށް ރިޝްވަތުގެ ފައިސާ ނަންގަވާފަ އެވެ. އަދި ވޯޓު ކަރުދާސްތައް ނައްތާލީ ވެސް، ހެކި ނުބެހެއްޓުމަށްކަމަށް ބުނެފައިވެއެވެ. ނަމަވެސް މި ތުހުމަތުތައް ޝަރީފް ދޮގު ކުރައްވަ އެވެ.

ސަންގުޓީވީގެ “ޚަބަށްރަހު” ޕްރޮގްރާމުގައި ޝަރީފް ވިދާޅުވީ ވަކި ބަޔަކަށް އިންތިހާބު ނަގައިދޭން އޭނާ ކުރި އެއްވެސް މަސައްކަތެއް ނޯންނާނެކަމަށާއި، އީސީން އިއުލާނު ކުރީ ސައްހަ ނަތީޖާ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނާއި އިދިކޮޅުގެ މެމްބަރުން ފާޑުކިޔައި، ނަފްރަތުގެ ބަސްތައް ރައްދު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.  ރައީސް ޔާމީނާއި ވަރަށް އަރިސްކޮށް މަސައްކަތް ކުރުމުން ވެސް 2018 ގެ ރިޔާސީ އިންތިހާބަށް ފަހު އެއްވެސް ހައްގެއް ނެތި، ޒާތީ ގޮތުން އެތައް ފާޑުކިއުންތަކެއް އަމާޒު ކުރިކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އީސީގެ ރައީސަކީ ވަކި ފަރުދެއްކަމަށާއި، އޭނާއަށް ގާނޫނީ ގޮތުން ނުނިންމޭނެ ބައެއް ނިންމުންތައް ހުންނާނެ ކަމަށެވެ.

“އަޅުގަނޑާއި ސީދާ ޑައިރެކްޓުކޮށް ދިމާކޮށް އެއީ ޒާތީ ގޮތުން ދީމާކޮށްލީކަމަށް އަޅުގަނޑު ބުނާނީ” ޝަރީފް

ރައީސް ޔާމީން ޝަރީފަށް އަމާޒުކޮށް އެއީ ގައްދާރެއްގެ ގޮތުގައި ސިފަ ކުރުމުން އެކަމުގެ ރައްދުގައި ޝަރީފް ވިދާޅުވީ އޭނާ ގައްދާރެއްގެ ގޮތުގައި ލޭބަލް ކުރުމުގެ ހައްގެއް ރައީސް ނަޝީދަށް ނޯންނާނެ ކަމަށެވެ.

“ރައީސް ޔާމީން އަޅަގަނޑަކީ ގައްދާރެއްކަމަށް ބުނަން ޖެހޭ އެއްވެސް ކަމެއް ރައީސް ޔާމީނަށް ފެނިފައި ނޯންނާނެ.. މިހާރު އަނގަ އޮތިއްޔާ ކޮންމެ މީހަކަށް ވެސް ކޮންމެ މީހަކަށް ވެސް ދެއްކިދާނެ” ޝަރީފް

މިފަދަ ވާހަކަތައް ދައްކަން ވެއްޖެ ނަމަ އެންމެނަށް ވެސް ދެއްކޭނެ ވާހަކަތަކެއް އޮންނާނެކަން ފާހަގަކޮށް ޝަރީފް އިޝާރާތް ކުރެއްވީ އެމްއެމްޕީއާރުސީ މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާއަށެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ނިމި އެކި ދިމަތަކުން އޭނާއަށް ޕްރެޝަރުތައް ކުރިމަތި ކުރުވިކަމަށެވެ. އެގޮތުން އެ އިންތިހާބުގައި ގޯސްތަކެއްވާކަމަށް ބުނެ މީޑިއާތަކުގައި ވާހަކަ ދައްކަން ބައެއް ސިޔާސީ މީހުންގެ ފަރާތުން ކުރި ފިއްތުންތަކަށް ބޯ ލަނބާފައި ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އިންތިހާބުގައި ގާނޫނާއި ހިލާފުކަމެއް ހިނގާފައި ނުވާނަމަ އޭނާ އެ ވާހަކަ ދައްކަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ރައްޔިތުންގެ ބަސް ބުނީ ވޯޓުންކަމާއި، އެހެން ކަމުން ގާތް މީހަކަށް ވީތީ ޕްރެޝަރަކަށް ބޯލަނބަން އެއްގޮތަކަށް ވެސް ބޭނުން ނުވީކަމަށް ޝަރީފް ފާހަގަ ކުރި އެވެ. ތަކުރާރުކޮށް ޝަރީފް ވިދާޅުވީ އޭނާ ގައްދާރެއްގެ ގޮތުގައި ބުނެ، ޕީޕީއެމަށް ދެރަ ގޮތެއް ޖެއްސި މީހެއްގެ ގޮތުގައި ބުނެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.

2018 ގެ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ޝަރީފް ފާހަގަ ކުރެވިފައި ވަނީ ރައީސް ޔާމީން އެންމެ ނުރުހުންވާ ބޭފުޅާގެ ގޮތުގަ އެވެ. އަދި ތަފާތު އެކި ބައްދަލުވުންތަކާއި، ޖަލްސާތަކުގައި ރައީސް ޔާމީން ޝަރީފަށް ފާޑުވިދާޅުވި އެވެ.

ސިޔާސީ ގޮތުން ގިނަ މަސައްކަތެއް ކުރެއްވި ޝަރީފް ރޭގެ ޕްރޮގްރާމުގައި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އޭނާ ދެއްކެވި ސިޔާސީ ވާހަކަތަކަށް މައާފަށް އެދިވަޑައިތަވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: