ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުވާލަކީ ހަމަލާގެ މައުލޫމާތު ނޭނގުނީތޯ، ނޫނީ ގަސްތުގައި އަޅާނުލީތޯ: އަމީން ފައިސަލް

ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް: ފޮޓޯ/ ރަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެތައް އަހަރުތަކެއް ވަންދެން ރޭވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސ،ް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭ މައުލޫމާތު، ސަލާމަތީ ބާރުތަކަށް ނުލިބެނީތޯ ނުވަތަ ލިބުމުން އެކަމަށް ސަމާލުކަމެއް ނުދިނީތޯ ކުރީގެ ޑިފެންސް މިނިސްޓަރ ކަން ކުރަށްވާފައިވާ އަމީން ފައިސަލް ސުވާލު ކުރަށްވައިފި އެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެއް އަހަރު ވޭތުވެދިޔަކަން ފާހަގަކޮށް ސަންގު ޓީވީއިން ދެއްކި ހާއްސަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ރައީސް ނަޝީދާއި ހަމައަށް މިފަދަ ބަޔަކު ވާސިލުވުމުގައި އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޒިންމާވާ ފަރާތްތަކުގެ ވަރަށް ބޮޑު އިހުމާލެއް ވާ ކަމަށެވެ.  ރައީސް ނަޝީދުގެ ކުރިން ދިރިއުޅުވި ގެކޮޅު ކައިރީ ސައިކަލެއް ބަހައްޓައިގެން ވެސް އެމަނިކުފާނަށް ހަމަލާއެއް ދޭން ބަޔަކު މަސައްކަތް ކުރިކަން ފާހަގަކުރަށްވާ އަމީން ވިދާޅުވީ މިފަދަ ކަންކަމުގެ މައުލޫމާތު ލިބޭތާ ދިން އަހަރު ވެފައިވާ އިރު، މިހަމަލާ އައިސްދާނެ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ބުނެވޭކަށް ނޯންނާނެ ކަމަށެވެ. އެހެންކަމުން މައުލޫމާތު ލިބި، ސަމާލުކަމެއް ދީފައި ނުވަނީތޯ އަމީން ވަނީ ސުވާލު ކުރަށްވާފައި.

މޭ ހަ ވަނަ ދުވަހު ރައީސް ނަޝީދުގެ ފުރާނައަށް އަމާޒުކޮށް ދިން ހަމަލާގެ މައުލޫމާތު ލިބިފައި ނެތްނަމަ، އެމްއެންޑީއެފް ގެ އިންޓެލިގެންސް ވަނީ ފެއިލްވެފައިކަމައް ވިދާޅުވެ އަމީން ފާހަގަ ކުރެށްވީ ނަޝީދުއަށް ހަމަލާއެއް ދިނުމަށް ބަޔަކު މީހުން ރާވަމުންދާ ކަމުގެ މައުލޫމާތު ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ފަރާތުން ލިބިފައިވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދް ދީދީ މީޑިއާތަކާއި ހިއްސާކޮށްފައިވާކަމަށެވެ. އަދި މައުލޫމާތު ލިބުމުން އެކަމަނާވަނީ އިލްޔާސްއަށް އެކަން ފުލުހުން ގެ އިދާރާއަށް އެންގުމަށް އިރުޝާދުދެއްވައިފައިކަމަށް އިޝާރާތް ކުރަށްވާ އެނާ ވިދާޅުވީ އެފަދަ މުހިއްމު މައުލޫމާތެއް ލިބުމުން ފުލުހުންގެ އިދާރާއަށް އެނގުމަކީ ޑިފެންސް މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ.

އިލްޔާސް ލަބީބް އަދި މާރިޔާ ގެ ފަރާތުން އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވާން ފާހަގަކޮށް އަމީން ވިދާޅުވީ ރައީސް ނަޝީދު އަކީ ރާއްޖޭގައި ހުރި އެންމެ ހައި ތްރެޓް ލެވެލް އެއްގެ ދަށުން ރައްކާތެރި ކުރެވިފައިވާ ފަރާތް ކަމަށް ބުނި ނަމަވެސް ހަމަލާ ދިން މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ފެނިގެންދަނީ އެމަނިކުފާނުގެ ޕާސަނަލް ސެކިއުރިޓީގެ އިތުރުން އެންމެ ބޮޑީގާޑްއަކަށް ވުމުން އެކަން ގަބޫލު ނުކުރަށްވާ ކަމަށެވެ.

ކެނެރީގޭ ސަރަހައްދުގައި ތިބި ސައިކަލުތައް ނެގުމަށް އެމްއެންޑީއެފްއިން ވަނީ ސިޓީ ކައުންސިލް އަދި ހައުސިންގް މިނިސްޓްރީއަށް އަންގާފައިކަން ފާހަގަ ކޮށް އަމީން ވިދާޅުވީ، ސަބަބެއް ނެތި އެ އުޅަނދުތައް ނެގުމަށް ނޭދޭނެކަމަށާއި ސަލާމަތީ ބާރުތަކުން، ފުލުހުންގެ އިދާރާއަށް އެންމެ ފޯނުކޯލެއް ކޮށްލިނަމަވެއް އެ ސަރަހައްދު އެެއްކޮށް “ކަހާލާނެ” ކަމަށެވެ.

ނަޝީދުއަށް ހަމަލާދިން ދުވަހު، އެމަނިކުފާނު ގެކޮޅުން ނުކުންނަވަން އޮތް ގަޑި ބަދަލުވިކަން ފާހަގަ ކުރަށްވާ، އެމަނިކުފާނު އެއަށް ފަހު ނުކުންނެވި ގަޑި، ހަމަލާ ދިން ފަރާތްތަކަށް އިންގުނީ ކިހިނެއްތޯ އަމީންވަނީ ސުވާލުކުރަށްވާފައިއެވެ. އަދި ގެއިން ނުކުންނަވަން ގޯޅިގެ އެއްކޮޅަށް ހިންގުމަކީވެސް އެ މަނިކުފާނަށް އޮތް ނުރައްކަލެއް ކަން ފާހަގަކޮށް އެނާ ވިދާޅުވީ މިކަން ހިންގައިދައީ އިހުމާލެއް އޮވެގެންކަން ޔަގީންވާކަމަށެވެ. އަދި ރައީސް ނަޝީދުއަށް ކުރިންވެސް މިފަދަ ހަމަލާތަކެއް ދޭން ރާވައިފައިވާކަން އިންގި ހުރެ އެއްވެސް ފަރާތެއް ހައްޔަރު ކުރެވިފައި ނުވާކަންވެސް އަމީން ވަނީ ފަހާގަ ކުރަށްވާފައި.

މީގެ އިތުރުން އަމީން ވިދާޅުވީ، ރައީސް ނަޝީދަށް އިންސާފު ހޯދައިދެވޭނީ ހަމަލާގެ ހަގީގަތާއި ހަމައަށް ދެވިގެންކަމަށާއި ބޮން ގޮއްވާލި މީހާ ހައްޔަރު ކުރެވުނު ނަމަވެސް އިންސާފު ލިބިގެން ނުދާކަމަށެ. އަދި ހަމަލާގައި ފަހަތުގައި ތިބި ބަޔަކު ނުހޯދޭ ނަމަ މާދަމާ ކަން ހިންގައިފާނެ ގޮތެއް ނޭގޭނެ ކަމަށް އަމީން ވަނީ މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިއެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: