ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

241 ކޮމިޓީގެ އިންކުއަރީ އާއި އެކު ހަމަލާގެ ތަހުގީގަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދިޔަ: އަސްލަމް

ގައުމީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަހުަމދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ތެރެއިން އިންކުއަރީތައް ކުރިޔަށް ގެންދިއުމަށް ގާނޫނު އަސާސީގެ ދަށުން ބާރު ލިބިފައިވަނީ 241 ކޮމިޓީއަށްކަމަށް އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އަމާޒްކޮށް ދިން ބޮމުގެ ހަމަލާއަށް 1 އަހަރު ފުރުމާއި ގުޅިގެން “ސަންގު ޓީވީ” އިން ކުރިއަށްގެންދިޔަ މެއި 6 ގެ ކަވަރޭޖްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ގާނޫނު އަސާސީން ބާރުދީގެން ކުރިއަށްދާ ހަމައެކަނި ކޮމިޓީއަކީ 241ގެ ކޮމިޓީކަމުގައެވެ. އަދި މިއީ ގާނޫނު އަސާސީގެ 141 މާއްދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މާއްދާގެ ދަށުން ވަނީ ފުލުހުންނާއި ސިފައިން ކުރާ ހުރިހާކަމެއް ބެލުމާއި އޭގެ އިތުރުން ގައުމީ ސަލާމަތާއި ބެހޭ ކަމެއް ނަމަ ކޮމިޓީގެ މެޑިޑޭޓަށް މަޖިލީހުގެ ގަވާއިދުގެ 119 ވަނަ މާއްދާގެ ދަށުން ސަރުކާރު ޖަވާބުދާރީކުރުމުގެ ހައްގު ދީފައިކަމުގައިވެސް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރަށް ބައެއް ގާނޫނުތަކުގެ ދަށުންވެސް 241 ކޮމިޓީއަށްވަނީ، ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ސެކުރިޓީއާއި ބެހޭގޮތުންވެސް، އެކަންތައް ކުރިއަށްދާގޮތް ބެލުމުގެ ހައްގުދީފައިކަމުގައި އަސްލަމް ވިދާޅުވިއެވެ. އަދި މީގެ ކުރީގައި 241 ކޮމިޓީތަކުން މިކަންތައް އެހާ ރަނގަޅަށް ބަލާފައިނުވާކަމަށް އަސްލަމް ފާހަގަކުރެއްވިއިރު ގިނަ ބަޔަކުވެސް އައީ ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް މިފަދަ ރޭވުންތެރިކަމާއިއެކު ހަމަލާއެއް ދެވިގެންދިޔައީތީ ސެކިއުރިޓީގެ ކަންތައްތަށް އިންތިޒާމް ކުރެވިފައިވާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަސްލަމް ފާހަގަކުރެއްވީ ކުރީގައި ޑިފެންސް މިނިސްޓްރީން މިފަދަ ބޭފުޅުންގެ ސެކިއުރިޓީއާއި ބެހޭގޮތުން ލިޔުމެއް ފޮނުއްވި ނަމަވެސް އެތަކެތިވެސް ކޮމިޓީގައި ބަހުސް ކުރެވިފައި ނުވާކަން ފާހަގަކުރެވިގެން ދިޔަކަމަށެވެ.

ގާނޫނު އަސާސީން ގިނަ ބާރުތަކެއް ދީފައިވާ ކޮމިޓީއަކުން މިފަދަ ކަންތައްތަކެއް ބެލުމަކީ މުހިއްމުކަމެއްކަމުގައި ފާހަގަކޮށް އަސްލަމް ވިދާޅުވީ އެބޭފުޅުން އިންކުއަރީ ހިންގަން ފެށުމާއިއެކު މެއި 6 ގެ މައްސަލާއާއި ގުޅިގެން ހިންގެމުން ދިޔަ ތަހުގީގަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދިޔަކަމަށެވެ. އަދި ކޮމިޓީގެ ފަރާތުން ނެރެވިގެންދިޔަ ރިޕޯޓަކީ ކޮމިޓީގެ ހުރިހާ މެންބަރުންގެވެސް ފުރިހަމަ އެއްބާރުލުމާއިއެކު ނެރެވިގެންދިޔަ ރިޕޯޓެއްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

241 ކޮމިޓީ އުފެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއެއްގެ މައްޗަށްކަމުގައި ފާހަގަ ކުރައްވާ އަސްލަމް ވިދާޅުވީ އެހެން ޕާޓީތަކުގެ މެންބަރުންގެ ފަރާތުންވެސް މެއި 6 ގެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ލިބިގެން ދިޔަކަމުގައެވެ. އަދި ޖުމްލަކޮށް ކޮމިޓީން ބެލުނު ކަންތައްތަކަށް ރިޔާއަތްކޮށް ސަރުކާރުގެ އިދާރާތަކަށް 45 ރިކޮމޮންޑޭޝަން ހުށައެޅިގެންދިޔަކަމާއި އަދާއި ހިސާބަށް ތިން ފަހަރެއްގެ މަތިން މި މައްސަލަތަކުގެ އަޕްޑޭޓް ކޮމިޓީއަށް ފޮނުވާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

241 ކޮމިޓީން ހުށައެޅިގެން ދިޔަ ރިޕޯޓުގައިވާ ރިކޮމެންޑޭޝަންސް ހިގާ ނުހިގާ ދެނެގަނެ ވިލެރެސްކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ވަނީ ރައީސް އޮފީހުގައި ގާއިމްކުރެވިފައިވާ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހަށް ހުށައަޅާފައިކަމުގައި އަސްލަމް ހާމަކުރެއްވިއެވެ. އަދި އެ އޮފީހުން ރިޕޯޓު ބައްލަވާ މީގެ 51 ކަމެއްވަނީ ކުރަންޖެހޭނެކަމުގައި ކަނޑައަޅާފައިކަމަށާއި އެގޮތުން ކުރު މުއްދަތު ތެރޭގައި ނިންމާނެ ކަންތައްތަކާއި މެދު ރާސްތާގައި ނިންމަވާނެ ކަންތައްތަށް މީގެ ތެރޭގައި ވާކަމަށް އަސްލަމް ވިދާޅުވިއެވެ.

ކުރު މުއްދަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ 90 ދުވަސްކަމަށާއި މެދު ރާސްތާގައި ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތަށް ނިންމިގެން ދާނީ 180 ދުވަސް ތެރޭގައިކަމުގައިވާއިރު ދިގު ރާސްތާއެއްގައި ނިންމުމަށް ކަނޑައެޅިފައިވާ ކަންތައްތަކެއްވެސްވާކަމުގައި ވިދާޅުވެ އަސްލަމް ހާމަ ކުރެއްވީ ރިޔާސީ ދައުރު ނިމުމުގެބ ކުރިން މިކަންތައްތައް ބެލިގެންދާނެކަމުގައެވެ. އަފި ރިކޮމޮންޑޭޝަންތަކުގައި ވަނީ އެންމެ ދުވަހަކުން ނިންމޭނެ ކަންތައްތަކެއް ނޫންކަމުގައި އަސްލަމް ފާހަގަކުރެއްވިއެެވެ.

މި ރިކޮމޮންޑޭޝަންތަކުގައިވާ ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތަކަށް ސަރުކާރުން ވަނީ އެޑެންޓު ކޮށްފައިކަމުގައި ފާހަގަ ކުރައްވާ އަސްލަމް ވިދާޅުވީ މީގެ ތެރޭގައި މަސައްކަތް ފެށިފައި ނުވާ އެއްވެސ ްރިކޮމޮންޑޭޝަންއެއް ނުވާކަމުގައެވެ. މަސައްކަތް ނިމިފައިވާ ރިކޮމޮންޑޭޝަންސްތަކެއް ވާކަމުގައި އާއި ނަމަވެސް ނުނިމި ހުރި ކަންތައްތަކެއްވެސް އެބަ ހުންނެވިކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: