ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މީހާގެ މައްޗަށް ދައުވާކޮށްފި

ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލާފައި ވަނިކޮށް ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޮއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު މީހަކު ހުއްޓުވި ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ނ. މިލަދޫ، ފަތަގުމާގެ، ޢަބްދުﷲ ޝުހާދުގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް ހުށަހަޅައިފި އެވެ.

މިލަދޫ ޕޮލިސް ޑެސްކުގެ އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރާ ސާޖަންޓު މުހައްމަދު އަރީޝްގެ ސައިކަލުގައި ރޯކޮލާފައި ވަނީ މިދިޔަ ފެބްރުއަރީ 18 ގަ އެވެ. ސައިކަލުގައި ރޯކޮށްލީ އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދާ މީހެއް ހުއްޓުވައި، އޭނާ ބަލާ ފަސް ކުރުމުންނެވެ.

މައްސަލައިގައި ދައުވާ ކުރީ އެކެއްގެ މައްޗަށް ނަމަވެސް، ތުހުމަތު ކުރެވޭ ތިން މީހެއް ހައްޔަރު ކުރި އެވެ.

ޝުހާދުގެ މައްޗަށް އުފުލާފައި ވަނީ މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: