ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރިޔާ ފޭހުނު އިލޮށިގަނޑު މާރިޔާގެ ލޮލަށް!

ޑިފެންސް މިނިސްޓަރ މާރިއާ: ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީސްމީޑިއާގެ ތެރެއިންވެސް ޓްވީޓާއަކީ ސިޔާސީ ލީޑަރުން ހިޔާލު ފާޅުކުރުމުގައި ފާހަގަ ކޮށްލެވޭ ޕްލެޓްފޯމެކެވެ. ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކެއްވެސް އަންނަނީ މީސް މީޑިއާގައި ހިޔާލު ފާޅުކޮށް ޓްވީޓުތައް ކުރައްވާ ސިޔާސީ ވާހަކަތައް ދައްކަވަމުންނެވެ. ނަމަވެސް ރާއްޖޭގެ ވެރިކަން ކުރެއްވި އަދިި މިހާރުގެ އިދިކޮޅުގެ ލީޑާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މީގެ ކުރީގައި މީސްމީޑިއާގެ އެއްވެސް ޕްލެޓްފޯމްއަކުން ފެނިފައެއް ނުވެއެވެ. މިހެންކަމުން އެމަނިކުފާނު ދާދި ފަހުން އަލަށް ޓްވިޓާ އާއި ގުޅިވަޑައިގަތުންވީ އާންމު ރައްޔިތުންގެ އިތުރުން މީޑިއާގެ ލޯތައް ހުއްޓުނުކަމަކަށެވެ.

ބިސްމީގެ ބަރަކާތުން ފުރަތަމަ ޓްވީޓު ކުރައްވާ ދެން އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެއްސަކަށް ވީތީ ފަހުރުވެރިވާކަމުގައެވެ. މި ޓްވީޓާއިއެކު އާންމުންނާއި ސަރުކާރުގައި ހިއްސާވާ ފަރާތްތަކުގެ އިތުރުން މީޑިއާތަކުގެވެސް ސަމާލުކަން އަމާޒުވެގެން ދިޔައީ އެހެން ސިޔާސީ ލީޑަރުންނާއި ހިލާފަށް އެމަނިކުފާނުގެ ޓްވީޓުތައް ކުރެއްވުމުގައި ގެންގުޅުއްވާފައިވާ ބަސްމަގެވެ. ޒަމާނަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ކޮށްފައިވާ މި ޓްވީޓަށް ގިނަ ބަޔެއްގެ ފާޑު ކިޔުންވެސް ދިޔައީ އަމާޒުވެގެންނެވެ. ގައުމެއްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު މިފަދައިން ގްރޭމާތަކަށާއި ސްޕެލިންގއަށް ނުބައްލަވާ ޓްވީޓު ކުރެއްވުމުން ކީ ފާޑުކިޔުންތައް ފާހަގަކޮށްލެވެއެވެ.

ހުރިހާކަމަކާއިވެސް ބެހޭ އާންމު އުސޫލުން ދެން ފާޑުކިއުން އަމާޒުވެގެން ދިޔައީ އެމަނިކުފާނު ދިވެއްސަކަށް ވީތީ ފަހުރުވެރިވެލައްވާ ބޭފުޅަކު ދިވެހި ބަސް ބޭނުން ނުކުރައްވާ އިގިރޭސި ބަހުން ޓްވީޓުތައް ކުރެއްވުމެވެ.

ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް އެމަނިކުފާނުވުމާއިއެކު މި ޓްވީޓުތައް ހަމައެކަނި ބަލާނީ ދިވެހި ބަސް އެނގޭ ރާއްޖޭގެ ރައްޔިތުންނާއި ދިވެހިރާއްޖެއަށް ނިސްބަތްވާ މީޑިއާތައް ނޫންކަމުގައި ފާހަގަކޮށްލެވެއެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު މިފަދައިން ޓްވީޓުތައް ކުރައްވަނީ ބައިނަލްއަގުވާމީ ފަރާތްތަކުންވެސް އެމަނިކުފާނުގެ ޓްވީޓުތައް ފޮލޯކުރައްވާނެތީއެވެ.

ކޮންމެއަކަސް ރައީސް ޔާމީންގެ ޓުވީޓްތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ދަނޑިވަޅެއްގައި އާންމުންގެ މީހަކު މަޝްހޫރު ޓީވީ ޝޯއެއްކަމުގައިވާ “ފްރެންޑްސް” ގެ ސީންއަކަށް ރައީސް ޔާމީން އަދި މާވަށު ދާއިރާގެ މަޖިލީސް މެންބަރު އަހްމަދު ސައީދުގެ އަދި ޕީޕީއެމްގެ ބައެއް އެހެން އިސް ލީޑަރުންގެ ފޮޓޯލައި ރައީސް ޔާމީނަށް ފުރައްސާރަކޮށް ކޮށްފައިވާ ޓްވީޓެއް ރިޓްވީޓު ކުރައްވާ މިނިސްޓާ މާރިޔާ ވިދާޅުވެފައިވަނީ ޖޯކެއްގެ ގޮތުގައި ވީޑިއޯގައި ދެކެވިފައިވާ ވާހަކަތަކަކީ ހަގީގަތްކަމަށެވެ.

މިހެންކަމުން ބެލެވެނީ ރައީސް ޔާމީންގެ ޓްވީޓުތަކުގައި އިގިރޭސި ބަސް ބޭނުން ކުރައްވަމުން އަންނަނީ ގޫގްލް އެހީގައިކަމަށް މާރިޔާ ތުހުމަތު ކުރައްވާކަމަށެވެ. އެއީ ވީޑިއޯއިންވެސް ފެނިގެންދަނީ މިފަދަ މަންޒަރުތަކެއްކަމުގައިވީތީއެވެ. ވީޑިއޯއިން ފެންނަނީ މީހަކު އިގިރޭސި ބަހުން ލިޔެފައިވާ ޖުމްލަތަކެއް ބަދަލުކޮށް ގޫގްލް އެޕެއްގެ އެހީގައި އެބަސްތައް ބަދަލުކޮށް އިތުރަށް ފުރިހަމަ ކުރުމަށް އުޅޭ މަންޒަރެވެ. އަދި އެހެން ބަޔަަކަށް ދެއްކުމުން ލިޔެފައިވާ ޖުމްލަތައް ކިޔަން ނޭގިގެން އުޅޭ މަންޒަރު ފެނިގެންދެއެވެ

ތިމާ ކުރާކަމެއްގެ ނަތީޖާ ތިމާއަށް ލިބިގެންދާ ވާހަކަ މިއީ އަބަދުވެސް އަޑު އަހާ ވާހަކަތަކެކެވެ. އާންމު ދިވެހި ބަހުން ބުނަނީ ނަމަ މިއަށް ކިޔާނީ ތިމާ ފޭހުނު އިލޮށި ތިމާގެ އަމިއްލަ ލޮލަށް ހެރުމެވެ. މިއަދު ޑިފެންސް މިނިސްޓާ މާރިޔާއަށްވެސް ދިމާވެފައި މިވަނީ މިފަދަ ހާލަތެކެވެ. މާރިޔާ ރައީސް ޔާމީންނަށް ކީ ފާޑު ކިޔުމާއި ޖެހި ހަޖޫގެ ދެގުނަ މިއަދު އަމާޒުވެފައިވަނީ އެކަމަނާއަށެވެ. ގިނަ ބަޔަކު އަންނަނީ ސަރުކާރުގެ ބަންޑާރަ މަގާމެއްގައި ހުންނެވި ބޭފުޅަކު މިފަދަ ބޭއަދަބީ ކަމެއް ކުރެއްވުމުން އެއީ ވަޒީރެއްތޯ ނުވަތަ ޖޯކެއްތޯވެސް ސުވާލު އުފައްދަވަމުންނެވެ.

އާންމުންގެ ބައެއް ފަރާތްތަކުން ހިޔާލު ފަޅުކުރަމުން އައީ ރައީސް ޔާމީން އިގިރޭސި ބަހުން ޓްވީޓު ކުރެއްވުމުގައި ގެންގުޅުއްވާ ބަސްކޮށާރު ފަހުމް ނުވުމުން އެއީ އެމަނިކުފާނުގެ މައްސަލައެއް ނޫންކަމުގައެވެ. ރައީސް ޔާމީނުގެ އަގު ރައްޔިތުންގެ ކުރިމަތީގައި ފަސް އަޅާ ފޮރުވާލަން މާރިޔާ ކުރި މަސައްކަތުން ރައްޔިތުންގެ ފާޑުކިޔުން އަމާޒުވީ އެކަމަނާއަށެވެ. ގާނޫނު އަރާ ހަމަ ކުރާނެ ދުވަސް އަންނާނެކަމަށާއި 2023 އެބޭފުޅުންނަށް ނޫނެކޭ ބުނާނެ ދުވަސް ގާތްވަމުން އަންނަކަމުގައިވެސް ވަނީ ބައެއް އާންމު ފަރާތްތަކުން ހިޔާލްފާޅު ކުރައްވާފައިވެއެވެ.

ނިސްޓަރ މާރިޔާއަށް އަމާޒުވި ފާޑުކިޔުންތަކުގެ ތެރޭގައި ދައުލަތުގެ ދިފާއީ ވަޒީރުގެ މަގާމުގައި ހުންނަވާ އިންޑިއާއަށް ގައުމު ވިއްކާލިކަމުގައި ތުހުމަތުކޮށް މާރިޔާއަށް އިޝާރާތްކޮށް ވަނީ ދޮގު ހެކިދޭކަމުގެ ތުހުމަތުތަކެއްވެސް ކުރެވިފައިކަން ފާހަގަކޮށްލެވެއެވެ.

މިފަދަ ވާހަކަތަކެއް ދެކެވިގެންދާއިރު ރައީސް ޔާމީން މިހާތަނަށް ކުރައްވާފައިވާ ޓްވީޓުތައްވެސް ބޮޑަށް ގުޅުވާފައިވަނީ އެމަނިކުފާނު އިސްވެ ހުންނަވާ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދަވާ “އިންޑިއާ އައުޓް” ހަރަކާތާއިއެވެ.

ގައުމުގެ މިނިވަންކަން ބޭރުގެ ގައުމަކަށް ވިއްކާލި ފަރާތަކަށް ކަންހިގާ ގޮތް ނޭގޭނެކަމަށް ބުނެވެސް ބައެއް ފަރާތްތަކުން ވަނީ މާރިޔާއަށް ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ. މިނިސްޓަރ މާރިޔާ މިއަދު ހޫނު ގޮޑިއަށް ވެއްޓިގެންދިޔައިރު މެޖޯރިޓީ ރައްޔިތުންނާއި ގިނަ ސިޔާސީ ފަރާތްތަކުންވެސް އަންނަނީ މާރިޔާގެ މި އަމަލު ކުށްވެރިކުރަމުންނެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: