ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ފާތިހަށް ދައުވާ ނުކުރީ ޕީޖީ: ފުލުހުން

ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ލ. ގަން، ދުންފިނި އުފާ އަހުމަދު ފާތިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގެ ތުހުމަތަށް ހައްޔަރު ކުރިކުރި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހަށް ދައުވާ ނުކުރުމަށް ނިންމީ ޕްރޮސިއުޓާރ ޖެނެރަލްގެ އޮފީހުންކަމަށް ފުލުހުން ބުނެފި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް އަހަރެއްވީ އިރު ވެސް މައްސަލައިގެ ތަހުގީގުތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުގެންދެވޭކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. ސެކިއުރިޓީ ބްރީޗްގެ ތުހުމަތުތަކާއި އެކު، ރައީސް ނަޝީދާއި އަރިސް މެމްބަރުން ވަނީ ސަރުކާރުން މައްސަލައިގެ ތެރެއަށް ނުފޫޒުތަކެއް ފޯރުވައި މަޑުޖައްސާލަން މަސަައްކަތް ކުރަކަމުގެ ތުހުމަތުތަކެއްކޮށްފަ އެވެ. އަދި ހަމަލާގެ ބައިވެރިވިކަމުގެ ތުހުމަތަށް ހައްޔަރު ކުރި ފާތިހަށް  ދައުވާ ނުކުރަން ނިންމުމާއި، ޝަރީއަތް ކުރިޔަށް ގެންދާހއ. މޮޅަދޫ އަބްދުﷲ އަލިމަނިކަށް ހިމަންދޫ ހަމަނުޖެހުން މައްސަލައިގައި 10 އަހަރުގެ ޖަލު ހުކުމަށް މި ސަރުކާރުން މައާފު ދިނީ ކާކުގެ ނުފޫޒުންތޯ ސުވާލު އުފެއްދި އެވެ.

ފާތިހުގެ ވާހަކަތައް އަނެއްކާވެސް ދެކެވި، ދައުވާ ނުކުރި ސަބަބާއި މެދު ސުވާލު އުފައްދާތީ ބަޔާނެއް އާއްމުކޮށް ފުލުހުން ބުނީ އެއީ އެ އިދާރާގެ ނިންމުމެއް ނޫންކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ގްރޫޕުގައި ހިނގަައިދިޔަ ޒުވާބެއްގައި ރައީސް ނަޝީދު ވަނީ ހަމަލާގެ ތަހުގީގު ފޮރުވުމުގައި ސަރުކާރަށް ބައެއް ބޭފުޅުން އެހީވާކަމުގެ ތުހުމަތު ކުރައްވާފަ އެވެ. އަދި ފޮނުވި މެސެޖެއްގައި ފާތިހު ދޫވި ގޮތާއި މެދު ސުވާލު އުފައްދައި އޭނާއަކީ ހަމަލާގެ ޕްރައިމް ސަސްޕެކްޓެއްކަން ފާހަގަ ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ފާތިހަކީ ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި މީހަކަށްވާްއިރު އޭނާ ވަޒީފާއިން ވަކި ކުރީ ހަމަލާއަށް ފަހު ކަމަށެވެ. މި ވާހަކަތައް ދޮގުކޮށް ބަޔާނެއް އާއްމުކޮށް ފުލުހުން ބުނީ ހަމަލާ ދިން އިރު ފާތިހު ހުރީ ފުލުހުންގެ ވަޒީފާގައި ނޫންކަން ތަކުރާރުކޮށް މީޑިއާތަކާއި ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.

އައިއީޑީ ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކުރި މައްސަލައިގައި ދައުވާ ކުރަން ފޮނުވި މީހުންގެ ތެރޭގައި ފާތިހު ހިމެނުނު ނަމަވެސް ހެކި ނެތްކަމަށް ބުނެ ޕީޖީން ދައުވާ ނުކުރީކަން ފާހަގަ ކުރި އެވެ.

ފާތިހަކީ ދައުވާކޮށްދޭން އެދި ފޮނުވި މީހުންގެ ތެރެއިން ހެކި ނެތްކަމަަށް ބުނެ ދައުވާ ނުކުރި ހަމައެކަނި މީހާ އެވެ.

މައްސަލައިގައި މިވަގުތު 23 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު ރިމޯޓު ބޭނުންކޮށް ބޮން ގޮއްވާލުމަށް ފަހު ދެން އޭނާގެ އަންނައުނު ބަދަލު ކުރުމުގައި ފާތިހު އެހީވި ކަމުގެ ތުހުމަތު ކުރެވެ އެވެ. އަދި މުޖާޒް ވެސް އެ ސަރަހައްދަށް ގެންދިޔަ މީހަކީ އެއީކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

ފާތިހުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމައި ދޫކޮށްލުމުން ރައީސް ނަޝީދާއި އަރިސް މެމްބަރުން ސުވާލު އުފެދި އެވެ. އޭރު މައްސަލައިގައި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ ތަހުގީގު ކުރިޔަށްދާނެކަމަށާއި، މިހާރު ހުރި ހެކިތަކަށް ބަލާއިރު ދައުވާ ކުރެވެން ނެތީ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ސުވާލެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަރުހަލާ ކުރިޔަށް ގެންދާނެކަމަށް ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: