ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަކީ ރާއްޖޭގެ މުސްތަގުބަލް، އެ ކުދިންނަށް ރައްކާތެރިކަން ދޭން ޖެހޭ: ރައީސް

ރައީސް ރާއްޖޭގެ ރަށަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަކީ މުސްތަގުބަލު ކަމަށާއި، އެ ކުދިންނަށް ރައްކާތެރިކަން ދީ އަޅާލަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

އެ ކުދިން ރަނގަޅު ގޮތުގައި ހެދި ބޮޑުވުމަށްޓަކައި އެ ކުދިންނަށް ރައްކާތެރި، ލޯބި ދެވޭނެ ފަދަ މާހައުލެއް ގާއިމް ކުރުމަށްޓަކައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރާ މި ދަނޑިވަޅުގައި ކުދިން ހެދިބޮޑުވުމަށްޓަކައި އެކުދިންނަށް އަޅާލުމާއި ލޯތްބާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމުގައި ވިދާޅުވެފައިވެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެންބަރު 20 ގައެވެ. ކުޑަކުދިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1954 ވަނަ އަހަރުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: