ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ސުވާލަކީ ޔާގޫތުގެ ކައިރީ އެއްޗެއް ގޮވާލަން ރޭވުމުގައި ފުލުހެއްގެ ގޮތުގައި ހުރެ ފާތިހުގެ ބައިވެރިވުންވުން އޮތްތޯ”

ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ފާތިހާއި، ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގެ މައްސަލައިގައި ހައްޔަރު ކުރި  ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހާއި މެދު އުފެދޭ ސުވާލަކީ އޭނާ ފުލުހުންގެ ވަޒީފާގައި ހުރެ 2019 ގައި ޔާގޫތުގެ ކައިރީ އެއްޗެއް ގޮވާލަން ރޭވުމުގައި ބައިވެރިވީތޯކަމަށް އެމަނިކުފާނުގެ ކޮއްކޯފުޅު އަދި މައްސަލައިގެ ގާނޫނީ ޓީމުގައި ހިމެނޭ ނާޒިމް ސައްތާރު ވިދާޅުވެއްޖެ އެވެ.

2020، މޭއި 06 ގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލައިގެ ތަހުގީގަށް އެކަށީގެންވާ ކުރިއެރުންތަކެއް ލިބިފައި ނުވާއިރު މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލަން ފޮނުވި މީހުންގެ ތެރެއިން ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރެވޭނެކަމަށް ނިންމި ހަމައެކަނި މީހަކީ ފާތިހު އެވެ. 2018 އިން ފެށިގެން މިދިޔަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ފުލުހުންގެ ވަޒީފާގައި އުޅުނު ފާތިހަކީ، އެއިދާރާއާއި ގުޅުނު އިރު ވެސް ހަރުކަށި ފިކުރުގެ ވިސްނުން ކޮންމެވެސް މިންވަރަކަށް ހުރި މީހެއްކަމަށް މައުލޫމާތު ލިބެ އެވެ. ކެބިން ކްރޫއެއްގެ ގޮތުގައި އަދާ ކުރަމުން އައި ވަޒީފާ ދޫކޮށް، ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރުމަކީ އިއްތިފާފެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ފުލުހުން މީޑިއާތަކާއި ހިއްސާ ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ފާތިހަކީ ބޮން ގޮއްވާލުމަށް އަތަމާ ޕެލަސް ތެރޭގައި ހުރި ވ. ތިނަދޫ، ހިޔާ އަދުހަމް ރަޝީދު ކައިރިޔަށް މއ. ފޭރުގޭ މުޖާޒް އަހުމަދު ގެންގޮސް ދިން މީހާ އެވެ. އަދި އަދުހަމްގެ އަންނައުނު ބަދަލު ކުރުމުގައި ވެސް އެހީވިކަމަށް ފުލުހުން ތުހުމަތު ކުރި އެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ޕީޖީން އޭނާގެ މައްޗަށް ދައުވާ ނުއުފުލީ އެވެ. މައްސަލައިގައި ފުލުހުން ބުނީ މައްސަލަ ޕީޖީއަށް ހުށަހެޅީ ހެއްކާއި އެކުކަމަށާއި، ދައުވާ ނުކުރަން ނިންމީ ޕީޖީން ކަމަށެވެ. އަދި ފާތިހު ފުލުހުންގެ ވަޒީފާގައި އުޅުނުކަމަށް ދެކެވޭ ވާހަކައަށް ވެސް ރައްދު ދީ ބުނީ ހަމަލާ ދިން އިރު އޭނާ ހުރީ ވަޒީފާގައި ނޫންކަމަށާއި ތަކުރާރުކޮށް އެކަން މީޑިއާތަކަށް ސާފުކޮށްދިން ކަމަށެވެ.

މި ބަޔާނަށް އަމާޒުވާ ފާޑުކިއުންތަކާއި އެކު ގިނަ މީހުން ބުނީ ސުވާލު ކުރަނީ އޭރު ފާތިހު ހުރީ ވާޒީފާގައި ތޯ ނުވަތަ ނޫންތޯ ބެލުމަށް ނޫން ކަމަށެވެ. 2019 އިން ފެށިގެން ހަމަލާތަކެއް ދޭން މަސައްކަތް ކުރިއިރު އޭގެއިން އެއްވެސް ކަމެއްގައި އޭނާ ބައިވެރިވިތޯ އެވެ. ހާއްސަކޮށް ފުލުހުން ދިން މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭ 2019 ގައި ރައީސް ނަޝީދުގެ އަނބިކަބަލުން ލައިލާ އަލީގެ ގެކޮޅު ޔާގޫތުގެ ގޭގައި އެއްޗެއް ގޮއްވާލަން ކުރި މަސައްކަތުގައި އޭނާ ބައިވެރިވިކަމުގެ މައުލޫމާތު ލިބިފައިވޭތޯ ކަމަށެވެ.

މައްސަލައިގައި ޓްވީޓެއް ކުރައްވައި ނާޒިމް ވިދާޅުވީ ފުލުހުން ޖަވާބު ދޭން ވީ ސުވާލަކީ އެއީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: