ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާގައި ޝޫޓް އޮން ސައިޓް އޯޑަރަކަށް ސަލާމަތީ ބާރުތަކުން އަމަލު ކުރަން ފަށައިފި

ސްރީލަންކާގައި ހިންގަމުންދާ މުޒާހަރާތަކުގެ ތެރެއިން: ފޮޓޯ/ ރޮއިޓާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގައި ކުރިއަށްދާ މުޒާހަރާ ތަކުގެތެރެއިން ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުންދީ، މީހުންގެ ފުރާއަށް ނުރަކާވާ ފަދައިން އަމަލު ކުރަމުންދާ ފަރާތްތައް ފެނުމާއިއެކު ބަޑިޖެހުމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީއިން އަންގައިފިއެވެ.

ރައީސް ރާޖަޕަކްސާ އަދި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލައި ކުރިއަށް ގެންދާ މުޒާހަރާތައް ހޫނުވެ ބޮޑެތި ހަމަ ނުޖެހުންތަކަކަށް ބަދަލުވެފައިވުމުގެ ސަބަބުން އެގައުމުގެ ރައީސް ވަނީ ސިފައިން އަދި ފުލުހުންނަށް ކޯޓު އަމުރަކާއި ނުލާ މީހުން ހައްޔަރުކުރެވޭނެ މަގުފަހި ކުރުމަށްޓަކައި ކުއްލި ހާލަތު އިއުލާނުކޮށް ބާރުތައް ހަވާލުކުރައްވާފައިއެވެ. އަދި މިކަމާއި ގުޅިގެން އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ވަނީ ސަލާމަތީ ބާރުތަކަށް “ޝޫޓް އޮން ސައިޓް” އަމުރެއް ނެރި މަގުތައް މަތީ ލޫޓުވާ އެއްޗެއްސަށް ގެއްލުންދީ މީހުން ގެ ފުރާނައަށް ނުރައްކާވާ ފަދައިން އަމަލު ކުރަމުންދާ މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް އަމުރު ކޮށްފައިއެވެ.

ސްރީލަންކާގެ ޑިފެންސް މިނިސްޓްރީގެ ފަރާތުން “ޝޫޓް އޮން ސައިޓް” އަމުރެއް ނެރިފައިވާ އިރު އެގައުމުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ ވަނީ، މަގުތައް މަތީ ހިންގަވަމުންދާ ނޭދެވޭ އަމަލުތަކާއި ބަދަލު ހިފުމުގެ އަމަލުތައް ހުއްޓާލަން ރައްޔިތުންނަށް އެދި ގޮވާލައިފައިއެވެ. މިދިއަ ހޯމަ ދުވަހު ސަރުކާރުގެ ސަޕޯޓަރުންނާއި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކުގެ ދޭތެރޭގައި ވަނީ ހަމަލާތަކެއް ބަދަލު ކުރެވިފައިއެވެ. ސަރުކާރުގެ ސަޕޯޓަރުން ދަގަނޑުބުރި ފަދަ ތަކެތީގެ ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދެމުން ދިއުމުގެ ސަބަބުން އެގައުމުގެ ހަތީޔާރު އެޅި ސިފައިންތަކެއްވަނީ އެ ސަރަހައްދަށް ގޮސް ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއްކޮށްފައިއެވެ. އަދި މިކަމާއި ގުޅިގެން ސްރީލަންކާގައިވަނީ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކާފިއު ހިންގަން ފަށާފައިއެވެ.

ސްރީލަންކާގެ ހާލަތު ދަށަށްގޮސް ކުރަމުންދާ މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވެފައިވުމުން އެގައުމުގެ ޕްރައިމް މިނިސްޓާރ މަހިންދަ ރާޖަޕަކްސާވަނީ ދާދި ފަހުން އިސްތިއުފާ ދެއްވާފައި. ނަމަވެސް އެގައުމުގެ ރައްޔިތުންވަނީ ރުޅިގަދަވެފައިތިބެ، ރާޖަޕަކްސާ އާއިލާއަށް ނިސްބަތްވާ ޒަމާންވީ ގެއެއްވެސް ރޯކޮށްލައިފައިއެވެ. އަދި މިފަހުން އެގައުމުގެ ރައްޔިތުންތަކެއް މަހިންދަ އަދި އާއިލާ ދިރިއުޅެމުންދިއަ ގެ ޓެމްޕަލް ޓްރީ ރެޒިޑެންސަށް ވަނުމަށް މަސައްކަތްތަކެއް ކޮށް ޕެޓްރޯލް ބޮމުގެ ހަމަލާތަކެއް ދިނުމުގެ ސަބަބުން ބަރު ހަތިޔާރު އެޅި ސިފައިގެ އެހީގައި އެނާ އަދި އާއިލާވަނީ ރައްކާތެރިކަމާއި އެކު ހާމަކޮށްފައިނުވާ ތަނަކަށް ގެންގޮސްފައިއެވެ.

އަވަށްޓެރި ސްރީލަންކާގައި އެތައް ހާސް ދިވެހިންނެއް ދިރިއުޅެމުންދާއިރު އެގައުމުގެ މާލީ އަދި ހިޖްތިމާއީ ހާލަތު ދަށަށް ދިއުމުގެ ސަބަބުން ފަތުރުވެރިން އެ ގައުމަށް ޒިޔާރަތް ނުކުރުމަށްވަނީވެސް ބައެއް އެހެން ގައުމުތަކުން އިލްތިމާޒް ކޮށްފައިކަން ފާހަގަކޮށްލެވެއެވެ. ސްރީލަންކާއަށް ވަނީ ބޭސްފަރުވާއަށް ބޭނުންވާ ސާމާނުގެ އިތުރުން ކެއުންބުއިމަށް އަދި ދުއްވާ އުޅަނދުތަކަށް އަޅާ ތެޔޮ ލިބުމުގެ ބޮޑެތި ދަތިތައް ދިމާވެފައިކަން ވެސް ފާހަގަކޮށްލެވެއެވެ. ހާލަތު ދަށަށް ދިއުމުގެ ސަބަބުން ސަރުކާރު އިސްވެރިން އިސްތިއުފާ ދިނުމަށް ގޮވާލާ ހިންގަމުންދާ މުޒާހަރާތައް ވަނީ ބޮޑެތި ހަމަ ނުޖެހުންތަކަކަށް ބަދަލުވެފައިއެވެ. އަދި ހަމަނުޖެހުންތަކުގެ ތެރޭގައި އަށް މީހުން މަރުވެ އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: