ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބްރޯ” ކިޔަނީ ފުދޭ ވަރަކަށް މީހާ ވައްކަން ކުރީމަ: އީވާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގައި އެކަކު އެނެއްކަކަށް “ބްރޯ” ކިޔަނީ އެމީހަކު އާއްމުކޮށް ވައްކަމުގެ އަމަލުތަކުގައި އާއްމުކޮށް ބައިވެރިވެ އުޅޭތީކަމަށް މަޖިލީހުގެ ނައިބު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމުގެ މަގާމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ވާދަ ކުރައްވާ  އިޤްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް ރައީސް ނަޝީދަށް “އަސްލު ބްރޯ” ގެ ނަމުން ޕާޓީގެ ގައުމީ މަޖިލީހުގައި މުހާތަބު ކުރެއްވިކަމަށެވެ.

އީވާ ވިދާޅުވީ އެބޭފުޅުން ބްރޯ ކިޔާ އުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެކުރި ތަޖުރިބާއަށްފަހުކަމަށެވެ. އަދި އެ ބްރޯ އެ ކިޔަނީ މީހާ ފުދޭ ވަރަކަށް ވައްކަން ކުރީމަކަމުގައި އޭނާ ވިދާޅުވިއެވެ. މީހަކާއި ދިމާލަށް ބްރޯ ކިޔަނީ ފުދޭ ވަރަކަށް މީހާގެ ގަދަ ބާރު ދައްކައިގެން އުޅުނީމައިކަމުގައި އީވާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް އަންނަން ހިތު ލައިގެން އުޅޭ ބޭފުޅަކު ޕާޓީިގެ ރައީސް މުހައްމަދު ނަޝީދަށް އަސްލު ބްރޯއަށް ގޮވައި ދެން އިންތިހާބަށް ކުރިމަތިލެއްވީމައި ކަންތައް ވަމުން ދާނެ ގޮތް އެބޭފުޅުންނަށް އެގިލައްވާކަމުގައި އީވާ ވިދާޅުވިއެވެ. ރައީސް ނަޝީދާއި ތިމަންނާ އާއި ދެމެދު މައްސަލައެއް ނެތްކަމަށް ފައްޔާޒް މިއަދު ވިދާޅުވަނީ ބަހުގެ ހަމަލާތަށް އަމާޒުވާން ފެށުމުންކަމުގައި ފާހަގަކުރައްވާ އީވާ ވިދާޅުވީ ނަމަވެސް ޖަޒުބާތުގެ ވަގުތުގައި އެމަނިކުފާނަށް މުހާތަބުކޮށް ފައްޔާޒް އަސްލް ބްރޯގެ ގޮތުގައި ވިދަޅުވެ ދެއްކެވީ ރައީސް ނަޝީދުކަމަށެވެ.

ނަމަވެސް އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓިގެ ތެރޭގައި އުފެދިފައިވާ ކޯޅުންތަކުގެ ތެރެއިން ބްރޯގެ ނަމުން އެންމެ ފަހުން މަޖިލީހުގެ ތަޅުމުގައި މުހާތަބް ކުރެވިގެން ދިޔައީ ފައްޔާޒް އިސްމާއީލަށް ނިސްބަތްކޮށެވެ. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މަޖިލީހުގައި ޥާހަކަ ދައްކަވަމުން ވިދާލުވީ މާބުރުތަކެއްހެން މަޖިލީހުގެ މެންބަރުން ބްރޯއެއްގެ ވަށައިގެން އެބުރޭކަމަށެވެ. ނަން ވިދާޅުނުވި ނަމަވެސް އޭނާ ދެއްކެވީ ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން ދަތުރުތަކުގައި މަޖިލީހުގެ މެންބަރުން މިނިސްޓާ ފައްޔާޒާއިއެކު ކުރެއްވި ދަތުރުތަކުގެ ވާހަކައެވެ.

އެހެންކަމުން ބެލެވޭ ގޮތުގައި އީވާ ނުސީދާ ގޮތެއްގައި އެ ވިދާޅުވީ އެބޭފުޅުންގެ ތެރޭގައި ފައްޔާޒަށް ބްރޯގެ ނަމުން މުހާތަބު ކުރެވެނީ އެބޭފުޅާ ފުދޭ ވަރަކަށް ވައްކަންތަކުގައި ޝަމިލްވެފައިވާތީކަމަށެވެ. ހަމަ މި ދަނޑިވަޅުގައި ކޮރަޕްޝަން ހިންގާކަމަށް ބުނެވެސް އެބޭފުޅުން ފައްޔާޒްގެ ބޮލުގައި ގިނަ ތުހުމަތުތަކެއް އަޅުވަމުންދާކަން ފާހަގަކޯށްލެވެއެވެ.

ނަމަވެސް ފައްޔާޒާއި އޭނާއަށް ތާއީދު ކުރައްވާ ފަރާތްތަކުން ބުނަމުން އަންނަނީ މިއީ ސިޔާސީ ބެނުމެއްގައި ދެކެވޭ ވާހަކަތަކެއްކަމަށެވެ. އަދި ފައްޔާޒް އާދޭހާއިއެކު އެދެމުން އަންނަނީ އެ ތުހުމަތުތަށް އެގޮތަށް ކުރެއްވުމުގެ ބަދަލުގައި އެކަންތައް ސާބިތުކޮށްދެއްވުމުގެ ގޮތުން ތަހުގީގު ކުރެއްވުމަށެވެ. ފައްޔާޒާއި އޭނާއަށް ތާއީދު ކުރައްވާ އިސް ފަރާތްތަކަށް އިތުރަށް އެބޭފުޅުން ކުރަމުންދާ ތުހުމަތުތަކުގެ ތެރޭގައި ރައީސް ނަޝީދު ޕާޓީން ވަކިކުރަން މަސައްކަތް ކުރާކަމުގެ ތުހުމަތުތަށް ހިމެނެއެވެ.

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ރައީސް ނަޝީދު ވެގެންދާނީ ސިޔާސީ ދާއިރާގައި އެންމެ މަގުބޫލު އެއް ބޭފުޅަށްކަމަށާއި ރައީސް ނަޝީދާއި ނުލާ އެމްޑީޕީއިން ވޯޓު ނުނެގޭނެކަމަށެވެ. އަދި ރައީސް ނަޝީދު އެމްޑީޕީން ބާކީކޮށްލައިގެން ވޯޓު ހޯދުންވެސް ވެގެންދާނި އުދަގޫކަމަކަށްކަމުގައި ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ހުރިހާ މެންބަރުންވެސް 2023 ކާމިޔާބު ކުރަން ބޭނުންވާކަމުގައި ފާހަގަކޮށް އީވާ ވިދާޅުވީ ރައީސް ނަޝީދާއި ނުލައި މިފަދައިން 2023 ކާމިޔާބުކުރުންވެސް އުދަގޫވެގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: