ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިކަރަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ވައިކަރަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

އެކަމަށްޓަކައި ވައިކަރަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.

އިމްރާން ވިދާޅުވީ ފުލުހުންނާއި ވައިކަރަދޫ ރައްޔިތުންނާއި މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ވައިކަރަދޫގައި ފުލުހުންގެ ހިދުމަތް ފެށުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ސީޕީ ވިދާޅުވީ ފުލުހުން ރަށެއްގައި ގާއިމުކުރުން އެއީ މުހިންމު ކަމަކަށް ވިޔަސް އެންމެ މުހިންމު ކަމަކީ އެ ރަށެއްގެ މުޖުތަމައުއަށް ރަނގަޅު ފެންވަރެއްގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފުލުހުންގެ ހިދުމަތް ލިބިގެން ދިއުން ކަމަށެވެ.

އަދި ވައިކަރަދު އަށް ކުރިމަތިވެފައިވާ ކުށުގެ ކަންކަމާއި އިޖުތިމާއީ މައްސަލަތަކަށް އިޖާބަދީ އެކަންކަމަށް ފިޔަވަޅު އަޅައި ހައްލު ހޯދުމަށް އަބަދުވެސް ފުލުހުން މަސައްކަތްކުރުން އެއީ މުހިންމު ކަމެއް ކަމަށާއު ވައިކަރަދޫގައި ވެސް އަވައްޓެރި ފުލުހުންގެ ހިދުމަތް ކުރިއަށް ގެންގޮސް ކުށްމަދު އަމާން މާހައުލަކަށް ހެދުމަށްޓަކައި ރަށުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްކުރުން އެއީ އެންމެ އިސްކަންދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: