ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލެ ބްރިޖްއަށް ބޭނުންވާ ކޮންކްރީޓް ފޯރުކޮށްދިނުމަށް ތައްޔާރު: އެސްޓީއޯ

ތިލަމާލެ ބްރިޑޖު އެޅުމަށް ބޭނުންވާ ކޮންކްރީޓް ފޯރުކޮށްދޭން އެއްބަސް ވުމުގައި ސޮއި ކުރުން: ފޮޓޯ/އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބްރިޑޖުގެ މަޝްރޫޢ ކުރިއަށް ގެންދިއުމަށް ބޭނުންވާ ކޮންކްރީޓް ހޯދުމަށް އެސްޓިއޯއާއި އެފްކޮން އިންފްރާސްޓްރަ ލިމިޓެޑާއި ދޭތެރޭ އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.

އެސްޓީއޯގެ މައި އޮފީސްގައި ކުރިއަށް ގެންދިއަ ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެށްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދެވެ. އަދި އެފްކޮން ކުންފުނީގެ ފަރާތުން ސޮއި ކުރެށްވީ ޑެޕިއުޓީ މެނޭޖަރ ވީ. މަދުސްދަނަން އެވެ.

އެއްއަހަރުގެ މުއްދަތަކަށް ސޮއި ކުރެވިފައިވާ މި އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ސަޕްލައި ކުރާ ރެޑީމިކްސް ކޮންކްރީޓްގެ 7500 ކިއުބިކް މީޓަރގެ ސިމެންތި ގަތުމަށް އެފްކޮން ކުންފުނިން ވަނީ ނިންމާފައިއެވެ.

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންވާ ކޮންކްރީޓް ފޯރުކޮށްދިނުމަށް އެސްޓީއޯގެ ފަރާތުން 5 މަސް ދުވަހު ތައްޔާރީތަކެއް ވެފައިވާކަމަށް އެކުންފުނިން މިއަދު އާއްމުކޮށްފައިވާ ބަޔާނެއްގައި ވެއެވެ. އަދި ސަޕްލައި ކުރާ ކޮންކްރީޓަކީ ހައި ސްޓްރެންގތު ކޮންކްރީޓަށް ވުމާއެކު އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް ރެޑީމިކްސް ޕްލާންޓުގައި ގާއިމު ކުރެވިފައިވާ ކަމަށް އެ ކުންފުނިންވަނީ ފަހަގަކޮށްފައިއެވެ.

މީގެ އިތުރުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫޢއަށް ކޮންކްރީޓް ސަޕްލައިކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އެސްޓީއޯއަށް ހޯދިފައިވާ ބޮޑު ޝަރަފެއްކަމަށް އެ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: