ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހއ.ތުރާކުނު ސުކޫލުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކޮންޓްރެކްޓެއްގައި ސޮއި ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ.ތުރާކުނު ސްކޫލް 02 ކްލާސްރޫމް ފާހާނާ، ލައިބްރަރީ އަދި އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތަކީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލު ކުރެވިފައިވާ މަސައްކަތެކެވެ. މިއީ ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

އެކުންފުނިން ހއ. ތުރާކުނު ސްކޫލް 02 ކްލާސްރޫމް ފާހާނާ، ލައިބްރަރީ އަދި އޮފީސް އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 12,303,877.57 ރުފިޔާއެވެ. މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމުމަށްޓަކައި ދެވިފައިވާ ދުވަހުގެ މުއްދަތަކީ 365 ދުވަހެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒްއެވެ. އަދި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އަމީން މުހައްމަދުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: