ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާގެ އާ ޕްރައިމް މިނިސްޓަރގެ މަގާމަށް، އަނެއްކާވެސް ރަނިލް ވިކްރަމަސިންގެ

ސްރީލަންކާގެ ރައީސް ރާޖަޕަކްސާ އަދި ޕްރައިމް މިނިސްޓަރ ރަނިލް ވިކްރަމަ ސިންގެ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ސަރުކާރާއި އިދިކޮޅު ޕާރޓީގައި އިސްކޮށް ހުންނަވާ ޕާލިމެންޓް މެމްބަރު ރަނިލް ވިކަރަމަސިންގެ އެގައުމުގެ ޕްރައިމް މިނިސްޓަރގެ މަގާމަށް އައްޔަނު ކުރަށްވައިފި.

ސްރީލަންކާއަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އެގައުމުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ މަސައްކަތް ކުރަށްވާ ގޮތާއިމެދު ހިތްހަމަ ނުޖެހި ހިންގަމުންދާ މުޒާހަރާތައް ހުއްޓުމަކަށް ގެނެސް ސަރުކާރުގެ ހިންގުންތެރިކަން އިސްލާހު ކުރުމުގެ މަގުސަދުގައި ދެޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ރަނީލްވަނީ އެ ގައުމުގެ ޕްރައިމް މިނިސްޓަރގެ މަގާމަށް ހުވާކުރަށްވާފައިއެވެ.

ސަރުކާރުގެ އިސްވެރިން އިސްތިއުފާ ދިނުމަށް ސްރީލަންކާގެ ރައްޔިތުން ގޮވާލަމުންދާތާ އެތައް ހަފްތާއަކަށް ފަހު ޕްރައިމް މިނިސްޓަރ ގޮތުގައި ހުންނެވި މަހިންދަ ރާޖަޕަކްސާ އިސްތިއުފާ ދިނުމާއި ގުޅިގެން ރަނީލް އައްޔަނު ކުރެށްވި އިރު މުޒާހަރާތަކުގެ ތެރޭގައި ފުލުހުން އަދި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކާއި، މުޒާހަރާގެ ބައިވެރިންނާއި ދޭތެރޭ ހަމަލާ ބަދަލު ކުރެވުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެ ޕާލިމެންޓް މެމްބަރަކު ހިމޭނޭހެން ނުވަ މީހަކު މަރުވެފައިވާކަމަށްވެސް ފާހަގަކޮށްލެވެއެވެ.

މުޒާހަރާގެ ބައިވެރިންނާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކާދޭތެރޭ ހަމަލާތަކެއް ބަދަލުވެގެންދިއަތާ މަދު ވަގުތުކޮޅެއްތެރޭ އެ ގައުމުގެ ޕްރައިމް މިނިސްޓަރ މަހިންދަ އިސްތިއުފާ ދެއްވުމުން، ސްރީލަންކާގެ ރައްޔިތުންނާއި މުހާތަބު ކުރަށްވާ ރައީސް ރާޖަޕަކްސާވަނީ، ރައްޔިތުންނަށް އިތުބާރުހިފޭ، މަޖިލީހުގެ އަގުލައްބިއްޔަތު އޮތް ފަރާތެއް އެމަގާމަށް އައްޔަނު ކުރަށްވާނެ ކަމަށް ވިދާޅުވެފައިއެވެ. ނަމަވެސް މިހާރު ޕްރައިމް މިނިސްޓަރ ގޮތުގައި އައްޔަނު ކުރަށްވާފައިވާ ރަނިލް، ހުވާ ކުރެއްވުމުގެ ކުރިން އެ ގައުމުގެ ދިނީ އިސް ފަރާތްތައް ވަނީ އެފަދައިން އަމަލު ކުރުމުގެ ސަބަބުން ކަންކަން ހައްލުވެގެން ނުދާނެކަމަށް އަދި އިތުރަށް ގޯސްވެދާނެ ކަމަށް ބުނެ ދެކޮޅު ހައްދަވާފައިއެވެ.

ސްރީލަންކާގެ ޕްރައިމް މިނިސްޓަރގެ މަގާމަށް ރަނިލް އައްޔަނު ކުރެއްވުމާއި ގުޅޭ ގޮތުން އެގައުމުގެ މަޝްހޫރު ދީންވެރިއެއްކަމަށްވާ އޮމާލްޕެ ސޯބިތަ ތެރޯ ވިދާޅުވީ އެނާއަކީ އެ މަގާމާގު ފުރުއްވަން ކަމުނުދާ ފަރާތެއް ކަމަށެވެ. އަދި މި އަމަލަކީ ހުރިހާ ސިޔާސީ ޕާޓީތައް ހިމެނޭފަދައިން ވަގުތީ ސަރުކާރެއް ގާއިމުކުރުމަށް އެގައުމުގެ ދީނީ އިސްފަރާތްތަކުން ދީފައިވާ ލަފާއާއި ހިލާފަށް ރާޖަޕަކްސާ އާއިލާ ހިމާޔަތް ކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށްވެސް އެނާ ވަނީ ފާހަގަކުރަށްވާފައިއެވެ.

ސްރީލަންކާގެ މުހިއްމު އިތުރު ފަރާތްތައްވެސް ވަނީ ރަނީލް އެ ގައުމުގެ ޕްރައިމް މިނިސްޓަރގެ މަގާމަށް އައްޔަނު ކުރެއްވުމާއި ދެކޮޅަށް ފާޑުވިދާޅުވެފައިއެވެ. އެގޮތުން މައި ސިޓީ ކޮލޮމްބޯގައި ހުންނަވާ އާޗް ބިޝޮޕް، ކާޑިނަލް މެލްކަމް މީސްމީޑީއާ ގައި ވިދާޅުވެފައިވަނީ، ރައްޔިތުން ބޭނުންވަނީ ނަޒާހާތްތެރި ބޭފުޅެއް ކަމަށާއި، ސިޔާސީ މަޝްރަހުގައި ބަލިވެފައިވާ ފަރާތެއް ނޫން ކަމަށެވެ.

ޕްރައިމް މިނިސްޓަރގެ މަގާކަމަށް ރަނީލް އައްޔަނު ކުރެށްވުމާއި ގުޅިގެން އެގައުމުގެ ސަރުކާރާއި އިދިކޮޅު އިދިކޮޅު ފަރާތްތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައިއެވެ. އެގޮތުން އިދިކޮޅު ޕާޓީ ޖޭވީޕީގެ ލީޑަރު އަނުރަ ކުމާރަަ ޑިސަނަޔަކެ ވިދާޅުވީ، ރަނީލްއަކީ ރާޖަޕަކްސާ އައިލާ ރައްކާތެރި ކުރަށްވާ ބޭފުޅެއް ކަމަށާއި ރާޖަޕަކްސާ އާއިލާއިން ރަނިލްވެސް ރައްކާތެރި ކުރަށްވާކަމަށެވެ. އަދި މިފަހަރު އެގައުމު ރައްޔިތުން މިފަދަ ކަމެއް ބަލައި ނުގަންނާނެ ކަމަށްވެސް އެނާ ވަނީ ވިދާޅުވެފައިއެވެ.

ދިވެހި ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ އަވަށްޓެރި ގައުމު ސްރީލަންކާގެ ހާލަތު ގޯސްވުމާއި ގުޅިގެން އެގައުމު ރައްޔިތުންވަނީ މަގުތައް މައްޗަށް ނުކުމެ ސަރުކާރުގެ އިސްވެރިން އިސްތިއުފާ ދިނުމަށް ގޮވާލާ އަޑުއުފުލާފައިއެވެ. ބައެއް އިސްވެރިން އިސްތިއުފާ ދިން ނަމަވެސް އެންމެ އިސްކޮށް ތިއްބަވާ ރައީސް ރާޖަޕަކްސާ އަދި އާއިލީ ބޭފުޅުން އެފަދައިން ކަންކަން ކުރަށްވާނެ ކަމުގެ އެއްވެސް އިޝާރާތެއް ނުދެއްވުމުން، ހިންގަމުންދިއަ މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުން ތަކަކަށް ބަދަލުވެފައިއެވެ. ހަމަނުޖެހުންތައް އިންތިހާއަށް ބޮޑުވެ އެތައް މާލީ ގެއްލުންތަކެއް ލިބި މުޒާހަރާގެ ބައިވެރިންގެ އިތުރުން ޕާލިމެންޓް މެމްބަރެއްވެސް މަރުވެދިއުމާއި ގުޅިގެން އެގައުމުގެ ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސާ ވަނީ އިސްތިއުފާ ދެއްވާފައިއެވެ. އަދި އެގައުމުގެ ރައީސް ގޯޓަބަޔާ ވަނީ ހުސްވެފައިވާ މަގާމު ފުރުށްވަން ނަޒާހާތްވެރި ބޭފުޅެއް ނަންގަވާނެ ކަމަށް ވިދާޅުވެ ކުރީގައިވެސް ފަސް ފަހަރެއްގެ މަތިން އެމަގާމަށް ވަޑައިގަންނަވާފައިވާ ރަނިލް ވިކްރަމަސިންގެ އައްޔަނު ކުރަށްވާފައިއެވެ. ރައީސް ރާޖަޕަކްސާ މިފަދައިން އަމަލުކުރެށްވުމާއި މެދު އެގައުމުގެ އެކި ފަރާތްތައް ހިންހަމަ ނުޖެހުން ފާޅުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: