ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތާއީދު އޮތްކަމަށް ދައްކަމުންދާ ވާހަކަތައް ސައްހައެއްނޫން: މައުމޫން

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރްއެމް) ގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމްގެ ތާއީދު އޮތްކަމަށް ބުނެ ބައްއެއް ފަރާތްތަކުން ދައްކަމުން ދާ ވާހަކަތައް އެ މަނިކުފާނު ދޮގު ކުރަށްވައިފި.

މައުމޫން ގެ ފަރާތުން އެމްއާރްއެމްގެ ޓްވިޓާރ އެކައުންޓުން އާއްމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެ މަނިކުފާނު ސިޔާސީ ގޮތުން ގުޅިވަޑައިގެންފައިވަނީ ހަމައެކަނި އެމްއާރްއެމްއާއި ކަމަށާއި އެހެންކަމުން އެއްވެސް އިތުރު ސިޔާސީ ޕާޓީއަކަށް ތާއީދު ނުކުރަށްވާ ކަމަށެވެ. އެމަނިކުފާނުގެ ތާއީދު އޮންނެވި ކަމަށް ބުނެ ބަޔަކު މީހުން ވާހަކަދައްކަމުންދާކަން ފާހަގަކުރަށްވާ މައުމޫން ވިދާޅުވީ އެނާގެ ސަޕޯޓަރުންނަށް އެ ފަދަ ގޮތަކަށް ވިސްނައިދިނުމަށް ދައްކަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށާއި އެކަމުގެ ސަބަބުން ޝަކުވާތައް ލިބިލައްވާކަމަށް އެނާ ވަނީ އިޝާރާތް ކުރަށްވާފައި.

މައުމޫނުގެ ފަރާތުން އާއްމުކޮށްފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ގާތް ފަރާތެއް ނުވަތަ ސިޔާސީ ގޮތުން އެ މަނިކުފާނާއިއެކު ކުރީގައި މަސައްކަތް ކުރެށްވި ބޭފުޅުން ނަމަވެސް ދެކެވޭ އެފަދަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

މީގެ އިތުރުން މިބަޔާނުގައި ވިދާޅުވެފައިވަނީ، އެމްއާރްއެމްގެ އަސާސްތަކަކީ ދިވެހިންގެ ތެރޭ އިހު އޮތް ދާހިލީ ހަމަޖެހުމާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓައި، އީޖާދީ ހިޔާލުތަކާއިއެކު ފުއްދުންތެރި އަމާން ކުރިމަގެއް ބިނާ ކުރުމަށް ކުރެހެމުންދާ މަގެއް ކަމަށާއި އެ ޕާޓީ އުފެދިފައިވަނީ ދިވެހިން އެދޭ އިސްލާހީ ބަދަލުތަކެއް ހާސިލުކުރުމަށްޓަކައި ކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ ތާއީދު އޮތް އަސާސްތަކާއި، އަހްލާގާއި، ދުރުވިސްނުން ގެންގުޅެނީ ހަމައެކަނި އެމްއާރްއެމްއިންކަން ފާހަގަކުރަށްވާ ވިދާޅުވީ އެ ޕާޓީއަށް ތާއީދު ކުރާ މީހުން ސިޔާސީ ވާދަވެރިންގެ މަކަރުވެރިކަމުގެ ނުޖެހި އެކުގައި ތިބުމަށް އެ މަނިކުފާނު އެދިލައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: