ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް އަހަރުގެ ދައުރެއް އޮންނަ ކޮމެޓީއެއްގައި އެގާރަ އަހަރު އިންތި އިންނެވީމައި އެއީ ނަޒާހާތްތެރިކަންތޯ: އިބްރާހިމް

ފައްޔާޒްގެ ކެމްޕެއިން މެނޭޖަރު އިބުރޭ ސަންގުޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ފިޔަވަޅުއަޅާ ކޮމެޓީގެ ދައުރަކީ ފަސް އަހަރުކަމަށް އެމްޑީޕީގެ އަސާސީ ގަވައިދުގައި ލިޔެވިފައިވީއިރު، އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެންޑިޑޭޓް އިމްތިޔާޒް ފަހުމީ، އެ ކޮމިޓީގައި އެގާރަ އަހަރު އިންނަވައިގެން އެހެން ފަރާތްތައް މައްޗަށް ފިޔަވަޅު އެޅުއްވުން އެއީ ނަޒާހާތްތެރިކަންތޯ، ވިދާޅުވެ ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން މެނޭޖަރ އިބްރާހިމް ވަހީދު ސުވާލު ކުރަށްވައިފި.

އެމްޑީޕީގެ އަސާސީ ގަވައިދުތަކުން ފިޔަވަޅުއަޅާ ކޮމެޓީއާއި ގުޅުންހުރި ފޮޓޯއެއް ޓްވިޓާރގައި ޝެއރކުރަށްވާ ފައްޔާޒު އިސްމާއިލްގެ “ހިންގާލަން” ކެމްޕެއިން ޓީމުގެ މެނޭޖަރ އިބްރާހިމް ވަހީދު އިޝާރާތްކުރެށްވީ އެ ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ ކޭންޑިޑޭޓް އިންތި، ފިޔަވަޅު އަޅާ ކޮމެޓީގައި 11 އަހަރަށް ވުރެން ގިނަ ދުވަހުގެ މުއްދަތަކަށް ހޭދަކުރެށްވި ކަމަށެވެ. އަދި މިފަދައިން ކަންކަން އޮތް އިރު، އެހެން ފަރާތްތަކުގެ މައްޗަށް ފަޔަވަޅު އެޅުމަށް އިންތި އިންނެވުމަކީ ނަޒާހާތްތެރިކަންތޯ އެނާ ވަނީ އިންތި ޓެގްކޮށް ސުވާލު ކުރަށްވާފައިއެވެ.

އެމްޑީޕީގެ އެސާސީގަވައިދުގާ ވާގޮތުގެ މަތިން ޕާޓީގެ މިންގަނޑުތަކާއި ހިލާފުވާ އަމަލުތައް ތަހުގީގު ކުރުމަކީ ފިޔަވަޅުއަޅާ ކޮމެޓީގެ މައްޗަށް ވާޖިބުވެފައިވާ ކަމެކެވެ. އަދި މިންގަނޑަކާއި ހިލާފުވެއްޖެނަމަަ އެބަޔަކާއި ދޭތެރޭ އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިޓީއިން އަޅާނެކަމަށްވެސް ފިޔަވަޅުއަޅާ ކޮމެޓީގެ ގަވައިދުގައިވެއެވެ.

ސަންގުޓީވީގެ ފަރާތުން އިންތިޒާމު ކުރި އެމްޑީޕީ ޗެއަރޕާސަން ބަހުސްގައި ފައްޔާޒު ވަނީ މި މައުލޫއާމެދު ވާހަކަދައްކަވާފައިއެވެ. އެހެންކަމުން ފައްޔާޒު އަލި އަޅުވާލީ ފިޔަވަޅުއަޅާ ކޮމެޓީގައި އިންތި އިންނަވާތާ އަށް އަހަރު އަހަރުވީ ކަމަށެވެ. އަދި ފަސް އަހަރުގެ ދައުރެއް ކޮމެޓީގައި އޮންނަ އުރު، އިސްތިއުފާދެއްވާފައި ނުވަނީ ކީއްވެތޯ ފައްޔާޒު ވަނީ ސުވާލު ކުރަށްވާފައިއެވެ. ރައްދެއްގެ ގޮތުގައި އިންތި ވިދާޅުވީ، އިސްތިއުފާ ދެއްވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެނާގެ ދައުރު ފުރިހަމަށް އަދާކޮށް އެއްވެސް ޝަކުވާއެއްވެސް ލިބިފައި ނުވާ ކަމަށެވެ. އަދި ފައްޔާޒު ވަނީ މިފަދައިން އަމަލުކުރެއްވުން އެއީ ނަޒާހާތްތެރިކަންތޯވެސް ސުވާލު ކުރަށްވާފައިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މޭ މަހު ސާދަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ފައްޔާޒު އަދި އިންތިއަށް ތާއީދު ކުރަށްވާ މެމްބަރުންގެ ތެރޭގައި ވަނީ ބޮޑެތި ބައިބައިވުންތައް އުފެދިފައިއެވެ. ޕާޓީގެ ތެރޭގައި އުފެދިފައިވާ ކޯޅުންތައް ބޮޑުވަމުންދާ އިރު ދެފަރާތުންވެސް ބޮޑެތި ތުހުމަތުތަކެއް ކުރަމުން ދާކަމަށް ފާހަގަކޮށްލެވެއެވެ. ވައްކަމާއި، ހިޔާނާތާއި ޒިނޭ ފަދަ ޖިނާއީ ކުށް ތަކުގެ ތުހުމަތުތައް ފައްޔާޒު އަދި ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް އަމާޒުވަމުންދާއިރު، އިންތި އަދި ޓީމުގައި ތިއްބަވާ މެމްބަރުން ސަރުކާރާއި ދެކޮޅަށް ގަސްތުގައި މަސައްކަތްކޮށް 2023ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުވާލަން މަސައްކަތްކުރަަށްވަމުން ދާ ކަމުގެ ތުހުމަތުތައް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: