ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިހާބު: ވޯޓް ކަރުދާސް ދެއްކި މައްސަލައެއް ފެންމަތި ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓް ފޮއްޓަށް ކަރުދާސްކޮޅު ލުމުގެ ކުރީން ވޯޓް ކަރުދާސްކޮޅު ދައްކާ މައްސަލައެއް ފެންމަތި ކޮށްފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

އިންތިގެ ކެމްޕެއިން ތަރުޖަމާން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ފ. ނިލަންދޫގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސް ދައްކަން އަންގަމުން ގެންދާ ކަމަށެވެ. މިއީ އެމްޑީޕީ އިން ނެރެފައިވާ ވޯޓުލުން ކުރިޔަށް ގެންދަން ޖެހޭ ގޮތުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަަށާ އަދި ވޯޓުން މަކަރު ހަދަން ހިންގާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވީޑިއޯއާއެކު ހިއްސާކުރި އެ މައްސަލަ ބަލައިދިނުމަށް ވައްޑެ ވަނީ އެދިފައެވެ.

މި އިންތިހާބުގެ ވޯޓުލުން ހެނދުނު 9:00 ގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެށި އިރު، ވޯޓްލުން ހަވީރު 4:00 ހަމައަށް ކުރިއަށް ދާނެ އެވެ.

ޗެއާޕާސަންގެ އިތުރުން މިއަދު ޕާޓީގެ ބައެއް އެހެން ދެ މަގާމަކަށް ވެސް މީހުން އިންތިހާބުކުރާނެ އެވެ. އެގޮތުން 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވާ އިރު، ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓުލާނެ އެވެ. އަދި އަންހެނުންގެ ރޫހަށް 41،027 މެމްބަރުންނަށް ވޯޓުލެވޭ އިރު، ޔޫތު ވިންގަށް 32،057 މެމްބަރުންނަށް ވޯޓްލެވޭނެ އެވެ.

ޖުމްލަ 272 ވޯޓް ފޮށި ބަހައްޓާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: