ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޕްރައިމެރީގައި ވެސް ރިޔާސީ އިންތިހާބުގައި ވެސް ވާދަ ނުކުރަން ނުނިންމަން: ރައީސް ސޯލިހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ސޯލިހު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ނުވަތަ އެމްޑީޕީގެ ޕްރައިމެރީގައި ވާދަ ނުކުރަން ނިންމާފައި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޕްރައިވެޓް މީޑިއާއެއްކަމަށް ވާ “ދިވެހި ޗެނަލް” އިން ގެނެސް ދިން އެމްޑީޕީގެ ރައީސް މުހަައްމަދު ނަޝީދުގެ އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ ރައީސް ސޯލިހު ރިޔާސީ ޕްރައިމެރީ އާއި އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެފަދަ އެއްވެސް މަޝްވަރާއެއް ރައީސް ނަޝީދާއި ކުރައްވާފައި ނުވާނެކަން ހާމަކޮށް ރައީސް ސޯލިހު “ސަންގު” އަށް ވިދާޅުވީ އިންތިހާބުގައި ވާދަ ނުކުރަން ނިންމާފައި ނުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމެރީގައި ވާދަ ނުކުރަން ވެސް ނުނިންމާކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑު އެމްޑީޕީ ޕްރައިމެރީ ޕްރައިމެރީގައި ވާދަ ނުކުރަން ނުނިންމަން.. އެފަދަ އެއްވެސް ކަމަކަށް އެއްވެސް މީހަކާއި މަޝްވަރާއެއް ނުކުރަން” ރައީސް ސޯލިހު

ތަކުރާރުކޮށް ކުރި ސުވާލަށް ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުގައި ވާދަ ނުކުރަން އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށެވެ. އެހެން ކަމުން އިންތިހާބުގައި ވާދަ ކުރާނެކަމަށް ބެލެވިދާނެތޯ ސުވާލު ކުރުމުން ވެސް ރައީސް ދެއްވީ އެއް ޖަވާބެކެވެ.

އެމްޑީޕީގެ ވާދަވެރިކަމެއް އުފެދިފައިވާ އިންތިހާބާއި އެކު ޕާޓީގެ ކުރިމަގާއި މެދު ބޮޑެތި ސުވާލުތަކެއް ވެސް ވަނީ އުފެދިފަ އެވެ. އަދި ރައީސް ސޯލިހާއި، ރައީސް ނަޝީދާއި މައްސަލަތަކެއް ޖެހި ދެބޭފުޅުންގެ ގުޅުން ވެސް އެހާ ރަނގަޅެއް ނޫނެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޕްރައިމެރީއެއް އޮންނާނެކަމާއި، އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރާނެކަމަށް ވެސް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: