ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫއޭއީ ރައީސްގެ ތައުޒިޔާ ދަފުތަރުގައި ރައީސް ސޮއިކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ހަނދާނުގައި، ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.

ހުކުރު ދުވަހު ޔޫއޭއީގެ ރައީސް އަވަހާރަވެފައިވަނީ ސިއްހީ ހާލުކޮޅު ގޯސްކޮށް އުޅޭތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އަވާހަރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.

ޖެންމޯލްޑިވްސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ޔޫއޭއީގެ ރައީސަކީ އެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ވިޝަނަރީ ލީޑަރެއްކަމާއި އެމަނިކުފާނުގެ ޚިދުމަތްތަކަކީ ޔޫ.އޭ.އީގެ ރައްޔިތުން ހަނދުމަ އާކުރާނެ ޚިދުމަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ގައުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް އޮފީހުގެ ތަރުޖަމާ މަބުރޫކު އަޒީޒު ވިދާޅުވެފައި ވާގޮތުގައި، ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ސާލިހު ފުރާވަޑައިގަންނަވަނީ މާދަމާ މެންދުރު ފަހު ކަމުގައެވެ.

ޔޫއޭއީގެ ރައީސް އަވަހާރަ ވުމާއި ގުޅިގެން، އެކަމުގެ ހިތާމާގައި، ދިވެހި ދިދަވެސް 3 ދުވަސް ވަންދެން ބައި ދަނޑިއަށް ތިރި ކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ.

ޝައިޚް ޚަލިފާ ބިން ޒައިދު ޔޫއޭއީގެ ރައީސްކަމާއި، އަބޫދާބީގެ ވެރިޔާގެ މަގާމް އަދާކުރަމުން އަންނަނީ 2004 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: