ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންމަޓީ ދޫކޮށްލި އަމުރަށް ހައި ކޯޓުން ތާއީދު!

އަހްމަދު މޫސާ (އަންމަޓީ) — ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޔުނިޓު އަޅައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދި، ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ދަމަހައްޓައިފި އެވެ.

އެޗްޑީސީ އާއި ސީލައިފާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކުރި މަޝްރޫއުގެ މައްސަލައިގައި އައްމަޓީގެ މަައްޗަށް 42 ދައުވާ ވަނީ އުފުލާފަ އެވެ. އެއްބަސްވުމުގައި ވާ މުއްދަތު ފަހަނަޅައި ދިޔައިރު ވެސް މަސައްކަތް ކުންފުނިން މަސައްކަތް ފަށާފައި ނުވެ އެވެ. އަދި ފެލްޓު ގަންނަން ހުށަހެޅި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ވަނީ ފައިސާ ނަގާފައިވާ އައްމަޓީގެ މައްޗަށް ކުރެވެނީ، މަކަރާއި ހީލަތުން އެ ފައިސާ ނަގައި ހިޔާނާތް ވީކަމުގެ ތުހުމަތެވެ.

އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 2021 މެއި 30 ގައެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މައްސަލައިގެ އަޑުއުންތަކުގެ ތެރެއިން ތިން ފަހަރެއްގެ މަތީން ދޫކޮށްލި އައްމަޓީގެ ހައިކޯޓު ހުކުމުގައި ވަނީ ދަށު ކޯޓުން އަންމަޓީގެ ބަންދަށް ލުއިދޭން ނިންމާފައި ވަނީ ރަނގަޅަށް ކަމަށެވެ. ހުކުމުގައި ވަނީ އެގޮތަށް ބަންދުން ދޫކޮށްލީ އޭނާއަށް ފިލައިގެން ނުދެވޭނެކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ.

މީގެއިތުރުން އައްމަޓީގެ ޓެރެވެލް ޑޮކިއުމެންޓާއި ޕާސްޕޯޓު ވެސް ހިފަހައްޓާފައިވާއިރު، އޭނާގެ ޕާސްޕޯޓުގެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ތިން ފަނޑިޔާރުންގެ އިންތިފާގުން ނެރުނު ހުކުމުގެ ބެންޗު ރިޔާސަތުގައި ހުންނެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ދެން ތިއްބެވީ ފަނޑީޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: