ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 74 ފުލުހަކު ހުވާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގެ މަލްޓި ޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛް އަޙްމަދު ޝަކީލެވެ. ފުލުހުންނަށް ހުވާލައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހިއުމަން ރިސޯސަސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒާއި ވޯކްފޯސް ޕްލޭނިން އެންޑް މެނޭޖްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމާއި އިންސްޕެކްޓަ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ބައިވެރިވަޑައިގެންނެވި އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި 74 މުވައްޒަފުން ހުވާކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ 70 ފުލުހަކާއި ހަތަރު ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންނެވެ. ހުވާކުރުމަށް ފަހު ހުވާގެ އިގުރާރުގައި އެ މީހުން ސޮއިކުރި އެވެ.

ފުލުހުންގެ ވަޒީފާ އަށް މިހާރު ވެސް އޮތީ ހުޅުވާލައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: