ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިހާދު، ބޮންޑެއަށް: “ބަލި ގަބޫލުކޮސް، ރައީސަށްޓަކައި އަމިއްލަ އެދުން ދޫކޮށްލާ”!

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދާއި، ފޭދޫ ދާއިރާގެ މެމްބަރު ނިހާރު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަލި ގަބޫލުކޮށް، ރައީސުލްޖުމްހޫރިއްޔާއަށްޓަކައި، އަމިއްލަ އެދުން ދޫކޮށްލުމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އަށް ގޮވާލައިފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުން ތާރީހުގައި ވެސް އެންމެ ބޮޑު ވާދަވެރިކަމެއް އުފެދުނު، ޗެއާޕާސަންގެ މަގާމު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މަގާމަށް ގެނައުމަށް ކެމްޕެއިން ކުރެއްވި ބޮންޑެ ވަނީ ފައްޔާޒް އިންތިހާބު ކާމިޔާބު ކުރީ ސަރުކާރު ހިއްސާވާ އެކު ކުންފުނިތައް ބޭނުންކޮށްގެންކަމަށް ދޭހަވާ މޭރުމަކުން ޓްވީޓު ކުރައްވާފަ އެވެ.

ބައެއް ކުންފުނިތަކުގެ ނަންތަކާއި އެކު މަރުހަބާ ވިދާޅުވެ ބޮންޑެ ކުރި ޓްވީޓުގެ ރައްދަށް ނިހާދު ވަނީ ބަލި ގަބޫލު ކުރުމަށް ގޮވާލާފަ އެވެ. 8000 ވޯޓުގެ ތަފާތަކާއި އެކު ފައްޔާޒް ކާމިޔާބު ކުރި އިންތިހާބުގައި އޭނާއަށް ލިބިފައި ވަނީ 28،544 ވޯޓެވެ.

އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން އިންތިގެ “ތިލަފަތުގެ ރަމްޒު” ޓީމުން އެންމެ ބޮޑަށް ކުރި ތުހުމަތަކީ ސަރުކާރުގެ ވަސީލަތްތަކާއި، އެހީ ހޯދައިގެން ފައްޔާޒް އިންތިހާބާއި ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ވާހަކަތަކެވެ. ސަރުކާރުގެ މުދާ އަމިއްލަ ކެމްޕެއިންތަކުގައި ބޭނުން ކުރާކަމުގެ ތުހުމަތުތައް ފައްޔާޒް ދޮގު ކުރެއްވި އެވެ. ފައްޔާޒަށް މި ތުހުމަތުތައް ކުރި އެންމެ ބޮޑު ސަބަބަކީ، އޭނާ އިންތިހާބުގައި ވާދަކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއިއެކުކަމަށް ވީތީ އެވެ.

ބަލި ގަބޫލުކޮށް އިންތި އިއްޔެ ޓްވީޓެއް ކުރައްވައި ވިދާޅުވީ، އެމްޑީޕީގައި އޭނާ އަބަދުވެސް ދިމި ހުންނަނެކަމާއި ދެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްތައް ފެށުނީ ކަމަށެވެ. އިންތިގެ ޓްވީޓަށް ފައްޔާޒް ޝުކުރު އަދާ ކުރިތާ މާ ގިނައިރުތަކެއް ނުވެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފައްޔާޒަށް މަރުހަބާ ދަންނަވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: