ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހު ރާއްޖެއިން ގަނޑުކުރި ކަންނެލި ބޭރުކުރި މިންވަރު އިތުރުވެއްޖެ

އެންސިސްގެ ފެކްޓްރީގައި ބަޔަކު ކަންނެލި އެކްސްޕޯޓްކުރަން ޕްރޮސެސްކުރަނީ/ ފޮޓޯ: އެންސިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހު ރާއްޖެއިން ގަނޑުކުރި ކަންނެލި ބޭރުކުރި މިންވަރު އިތުރުވެއްޖެ އެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ މި އަހަރުގެ އޭޕްރިލް މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 26 މިލިއަން ރުފިޔާގެ ގަނޑުކުރި ކަންނެލިމަސް މިދިޔަ އެޕްރިލް މަހުވަނީ ރާއްޖެއިން އެކްސްޕޯޓް ކޮށްފައެވެ. މި އަދަދު މާޗް މަހު ހުރީ 16 މިލިއަން ރުފިޔާގައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ އޭޕްރިލް މަހު ރާއްޖެއިން ވަނީ ޖުމްލަ 231 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން މިދިޔަ މަހު އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓް ކޮށްފައިވަނީ ގަނޑުކުރި މަހެވެ. އެގޮތުން މިދިޔަމަހު ވަނީ 96 މިލިއަން ރުފިޔާގެ ގަނޑުކުރި މަސް އެކްސްޕޯޓް ކޮށްފައެވެ.

ތައްޔާރުކޮށްފައި ހުންނަ ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓް ކޮށްފައިވާ މިންވަރު އަގުގެ ގޮތުން 27 މިލިއަން ރުފިޔާ އަށް އަރައެވެ.

ކަސްޓަމްސް އިން އާންމު ކުރި ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން އޭޕްރިލް މަހު ރާއްޖެއިން ވަނީ 9 މިލިއަން ރުފިޔާގެ ތާޒާ ކަންނެލި ބޭރުކޮށްފައެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މަސް ބޭރުކުރަނީ ތައިލޭންޑަށެވެ. ހުސްވި އޭޕްރިލް މަހު ރާއްޖެއިން ބޭރުކޮށްފައިވާ ޖުމްލަ މުދަލުގެ  116 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލޭންޑަށެވެ.

ދެވަނައަށް އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓްކޮށްފައި ވަނީ ޖަރުމަނުވިލާތަށެވެ. އެއީ 13 މިލިއަން ރުފިޔާ އެވެ. އަދި ތިންވަނަ އަށް އެންމެ ގިނައިން މުދާ އެކްސްޕޯޓް ކޮށްފައިވަނީ އިންޑިއާ އަށެވެ.

މީގެ އިތުރުން ފާއިތުވެދިޔަ އޭޕްރީލް މަހު ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އޭޕްރިލް މާހާއި އަޅާބަލާއިރު 37 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރިލް މަހު 265 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 362 މިލިއަން ރުފިޔާ އަށް އިތުރު ވެފައެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޔޫއޭއީ އަދި އޮމާން ހިމެނެއެވެ.

އޮމާން އިން ރާއްޖެ އަށް 1.4 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު، އިންޑިއާ އިން 655 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މީގެ އިތުރުން ޔޫއޭއީ އިން ވަނީ ރާއްޖެއަށް 534 މިލިއަން ރުފިޔާގެ މުދާ ފާއިތުވެދިޔަ އޭޕްރިލް މަހު އެތެރެކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: