ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 66 ޕަސެންޓް ނިމިއްޖެ

ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 66 ޕަސެންޓް އިންސައްތަ ނިންމާލުން/ ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 66 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަ ކޮށްފިއެވެ.

މަޝްރޫއުގެ މައުލޫމާތުތައް ހިއްސާކޮށް އެމްޓީސީސީން ބުނީ އެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް މިހާރު ހަނިމާދޫ ބަދަރުގައި ވަނީ ފުރިހަމަކުރެވިގެން ގޮސްފައެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ ހާބަރ ޕޭވްމެންޓް ގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 53,522.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެ ބަނދަރުގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުން އަދި 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 270 މީޓަރުގެ ސަަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ.

2583 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނޭ މި މަޝްރޫޢަކީ 64.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މީގެ އިތުރުންވެސް އެމްޓީސީސީގެ ފަރާތުން ދަނީ ރަށްރަށުގެ ބަނދަރު ތަރައްގީ ކުރުމަށްޓަކައި މިފަދަ ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ފަހުން އެމްޓީސީސީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ގިނަ ރަށްތަކެއްގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައެވެ. މާޅޮހު ބަނދަރުގެ މަސައްކަތާއި ދިއްގަރު ބަނދަރާއި އަދި އިތުރު އެހެން ބަނދަރުތަކެއްގެ މަސައްކަތްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: