ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ހަފްތާގެ ޗުއްޓީއަށް ފަހު ވެސް މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް!

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާތްގަނޑަކަށް މެހެއްހާ ދުވަހުގެ ޗުއްޓީއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށިއިރު ކުރާނެ މަސައްކަތެއް ނެތިގެން ގަޑިއިރެއް ނުވަނީސް ޖަލްސާ ނިންމާލައިފި އެވެ.

ތިން ހަފްތާގެ ޗުއްޓީއަށް ފަހު މިއަދު މަޖިލީހުގެ އެޖެންޑާގައި ހިމަނާފައި އޮތީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ދާއިރާގައި ހިމެނޭ ތ. ކަނިމީދޫ ރިސޯޓު ތަރައްގީ ކުރުމާއި ބެހޭ ގޮތުން ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ސުވާލު ކުރުން އެކަންޏެވެ.

މިނިސްޓަރާއި ސުވާލު ކުރުމަށް ހުޅުވާލި 30 މިނެޓުގެ ފުރުސަތަށް ފަހު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ އެޖެންޑާގައި އިތުރު މަސައްކަތެއް ނެތްކަމަށެވެ. އެހެން ކަމުން އިތުރު ޖަލްސާއެއް އޮންނާނީ މާދަމާކަމަށް އިއުލާނު ކުރެއްވި އެވެ.

މަސައްކަތެއް ނެތުމުގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ނިންމާލި އިރު، ގިނަ ބިލުތަކެއްގެ މަސައްކަތްތައް ވީ ކޮމިޓީ މަރުހަލާގަ އެވެ. އަދި މި ދައުރަށް ވެސް ގިނަ ބިލުތަކެއް ހުށަހަޅާނެކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަ ކުރި ނަމަވެސް މިދިޔަ ދައުރަށް ހުށަހަޅާނެކަމަށް ބުނި ގިނަ ބިލުތައް ވެސް ތަޅުމަށް ހުށަހަޅާފައި ނުވެ އެވެ.

މިދިޔަ ދައުރުގެ ޖަލްސާތައް ނިންމާލުމުގެ ކުރިން ރައީސް ނަޝީދު ވެސް ވަނީ، ކޮމިޓީގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމައިދޭން އެދިވަޑައިގެންފަ އެވެ.

ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް އަވަހަށް ނިންމާލުން އެއީ އާއްމު ކަމެކެވެ. އަދި ދައުރު ނިމެން ހަފްތާއަކަށް ވުމުން، ވަގުތު އިތުރުކޮށް ނުވަތަ ދައުރު ދަންމާލައި އިތުރު ޖަލްސާތައް ބާއްވައިގެން ބައެއް ބިލުތައް ފާސް ކުރެ އެވެ. އާއްމު ގޮތެއްގައި މެމްބަރުން ޗުއްޓީއަށް ދަނީ ރޭގަނޑު ޖަލްސާތަކެއް ބާއްވައި ބިލުތައް ފާސް ކުރުމަށް ފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: