ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީން 120 ދިވެހިނަށް ވަޒީފާގެ ފުރުސަތު، އެންމެ ކުޑަ މުސާރަ 10،300!

އެމްޓީސީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީން ކޮންސްޓްރަކްޝަން މަސައްކަތްތަކަށް 120 ދިވެހި ލޭބަރުން ހޯދަން އިއުލާނުކޮށްފި އެވެ.

އެމްޓީސީސީން އިއުލާން ކޮށްފައިވާ ގޮތުންނަމަ މި ވަޒީފާތަކަށް މީހުން ނަގަނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އަދި މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހާމަކޮށްފައިވެއެވެ.

ވަޒީފައިގެ މުސާރައިގެ ގޮތުގައި އަސާސީ މުސާރައާއި އިތުރުގަޑީގެ ފައިސާ އަދި އެހެނިހެން އެލަވަންސްތަކާ އެކު ޖުމުލަކޮށް މަހެއްގެ މައްޗަށް 10،300ރ. އާއި 13،700ރ. އާ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.

އޭގެ އިތުރުން ކުންފުނިން ކަނޑައަޅާ ސައިޓެއްގައި ހުރުމާއި ކެއުމާއި ސްޓާފް މެޑިކަލް އިންޝުއަރެންސް އަދި ޕެންޝަން ސްކީމުގެ ދަށުން ފައިސާ ދެވިގެންދެއެވެ. މި ވަޒީފާތަކަށް ނަގާ މީހުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހަފުތާއަކު ހަ ދުވަހު، ދުވާލަކު 12-8 ގަޑިއިރާ ދެމެދުގެ ވަގުތެކެވެ.

ވަޒީފާގެ ޝަރުތަކުގެ ތެރޭގައި ވަނީ އަސާސީ ތައުލީމު ހާސިލުކޮށްފައިވުމާ އެކު ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާ ނުވަތަ އެ ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުމާއި، ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުމުގެ އިތުރުން ގިނަ ވަގުތު މަސައްކަތް ކުރެވޭނެ މީހެއް ކަމުގައިވުމެވެ.

އެމްޓީސީސީން ބުނެފައިވަނީ މި މަގާމަށް ޝައުގުވެރިވާ މީހުން ސީވީއައި އައިޑީ ކާޑް ކޮޕީއަކާ އެކު އެމްޓީސީސީގެ ހުޅުމާލެ ޓާމިނަލްގައި މާދަމާ ހަވީރު 4:00 އިން 8:00 އަށް ޖޮނިން ޓީމް އެމްޓީސީސީ ނަމުގައި ކުރިއަށް ގެންދާ އޯޕެން-ޑޭ ގައި ބައިވެރިވުން އެދޭ ކަމަށެވެ.

އަދި މަގާމަށް ހޮވޭނީ ތައުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ މީހުންނަށް ކަމަށް ކުންފުނިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: