ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހ.އ ތަކަންދޫ ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލްކޮށްފި

ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހ.އ ތަކަންދޫ ބަނދަރު ތަރައްގީ ކުރުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލްކޮށްފިއެވެ.

މަޝްރޫއު ހަވާލު ކުރުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ އަހުމަދު ހަމީދެވެ. މި ރަސްމިއްޔާތުގައި ބާރަށު ދާއިރާގެ އިތްޒަތްތެރި މެމްބަރު އަހުމަދު އަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

980 މީހުންގެ އާބާދީއެއް އެކުލެވިފައިވާ ހއ ތަކަންދޫ ރައްޔިތުން ތިބ އަމާން ބަނދަރެއް ލިބޭނެ ދުވަހަކަށް އިންތިޒާރުކޮށްގެންނެވެ. އެގޮތުން މިހާރު ރަށަށް ވަދެ ނިކުރުތުމަށް ހެދިފައިވާ ބަނދަރުގެ ނެރުފައިކަށި އިންނަ ދިމާލުގެ ސަބަބުން އޮޑި ދޯނިފަހަރު ވަދެ ނިކުތުމުގައި ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. ހާއްސަކޮށް ހުޅަނގު މޫސުމުގައި މާބޮޑަށް ގަދަވެއްޖެނަމަ އޮޑިދޯނިފަހަރުތަކަށް ނެރުން ވަދެ ނިކުތުމުގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހެއެވެ. ހާއްސަކޮށް ހުޅަނގު މޫސުމުގައި މާބޮޑަށް ގަދަވެއްޖެނަމަ އޮޑިދޯނިފަހަރުތަކަށް ނެރުން ވަދެ ނިކުތުމަކީ ނުރައްކާތެރި ދަތިކަމެއްކަމުގައި ރަށު ރައްޔޮތުން ފާހަގަކުރެއެވެ.

މިއާއެކު، ރަށުގެ އުތުރުފަރާތުން ރަށްގިރުމުގެ މައްސަލަވެސް ބޮޑުވެފައިވާކަމަށާއި، ރަށުގައި އޮންނަ ކުޅިއަށް ވެލިއަރާ ބެދި  ފެން ދައުރުނުވާ މައްސަލައިގެވެސް އަސްލަކީ ނެރުފައިކަށި މިހާރު އިންގޮތްކަމަށް ތަކަންދޫ ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. އެގޮތުން ތަކަންދޫ ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިގެން ދާއިރު ރަށްގިރުމުގެ މައްސަލައަށް ހައްލެއް ލިބި ޒަމާނީ އަމާން ބަނދަރެއްގެ ފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެމްޓީސީސީ އިން ހާމަކޮށްފައިވެއެވެ.

ތަކަންދޫ ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ގެ ދަށުން 4،455 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި 2.230 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 252 މީޓަރުގެ ބޭރުތޮށި ލުމާއި، 160 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި،126 މީޓަރުގެ ގްރޮއިންސް ޖެހުމުގެ އިތުރުން 883 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، އީއައިއޭ މަސައްކަތާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ އިތުރުން މޫރިންގ ބޮލާޑް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ ބާވިސް ހާސް ތިންސަތޭކަ ނުވަދިހަ ފަސް މިލިއަން ހަތްސަތޭކަ ފަންސާސް ހަ ރުފިޔާގެ މަޝްެރޫއެކެވެ.

ވޭތުވެދިޔަ ތިން އަހަރުތެެެރޭ ޒަމާނީ ފެންވަރުގެ ބަނދަރު ތަރައްގީ ކުރުމުގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީގެ ފަރާތުން ވަނީ ފުރިހަމަ ކުރެވިފައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާ ކުރުމުގައި އެމްޓީސީސީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: