ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެޕިއުޓީ ޕީޖީއަކަށް ހުރިއިރު ޕީޖީއަށް އައި މައްސަލަތަށް ނިހާޔަތަށް ދިފާއީ ވަކީލުކަން ނުކުރެވޭނެ!

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާރ ޖެނެރަލް މަރިޔަމް ނިހާޔަތު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާރ ޖެނެރަލް މަރިޔަމް ނިހާޔަތަށް، އޭނާ މަގާމުގައި ހުންނެވި ދުވަސްވަރު ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި މައްސަލަތަކުގައި ދިފާއީ ވަކީލެއްގެ ގޮތުގައި ވާކާލަތު ނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި، ކްރިމިނަލް ކޯޓުގައި ނިހާޔަތު ވަކާލާތު ކުރައްވާއިރު މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް މީގެ ތިން އަހަރު ކުރިން ހުށަހެޅި އިރު އޭނާ ހުރީ އެ އޮފީހުގެ ޑެޕިއުޓީ ޕީޖީއަކަށެވެ. އެހެންވެ އެކަން ފާހަގަކޮށް ދައުލަތުން ކްރިމިނަލް ކޯޓުގައި ވެސް އެ ނުކުތާ ފާހަގަކޮށް ބުނީ ޕީޖީ ނެތިއްޖެ ހާލަތެއްގައި ކޭސް ސްޓަޑީ ކުރުން ކުރިޔަށް ގެންދަނީ ޑެޕިއުޓީ ޕީޖީއާއި އެކުކަމަށާއި އެހެން ކަމުން އެ މައްސަލައިގެ ބައެއް ބައްދަލުވުންތަކުގައި ނިޔާތު ބައިވެރިވެފައި އޮތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނިހާޔަތު އެކަމަށް އިންކާރު ކުރި ނަމަވެސް، ދައުލަތުން އިސްތިއުނާފު ކުރި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ މީގެ ކުރިން ވެސް ޕީޖީގައި މަސައްކަތް ކުރި ފަރާތަކަށް އޭނާ އެތަނުގައި ހޭދަ ކުރި މުއްދަތުގެ ތެރޭގައި އައި މައްސަލަތަކުގައި ދިފާއީ ވަކީލުކަން ނުކުރެވޭނެކަމަށް ނިންމާފައިވާކަން ފާހަގަކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައަށް ބަހުސް ކުރެވުމުން ބެންޗުން ވަނީ އާޒިމާގެ މައްސަލައިގެ ގޮތް ނިންމުމުގައި ނިހާޔަތުގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ޕީޖީ ޗުއްޓީއަށް ވަޑައިގަންނަވާ ހާލަތްތަކުގައި އޮފީސް ހިންގުން ހަވާލުވެ ހުންނަވަނީ ޑެޕިއުޓީ ޕީޖީއާ ކަމަށްވާތީ މަސްލަހަތު ފުށުއެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އާޒިމާގެ މައްސަލައިގައި ނިހާޔަތަށް ވަކާލާތު ނުކުރެވޭނެކަމަށް ނިންމި އިރު، ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިޔަށް ދާތާ ތިން އަހަރުވީ އެވެ. އާޒިމާ ވަނީ މައްސަލަ ދިގުލައިގެން ދާތީ ކަންބޮޑުވުން ފާޅުކޮށް ވީހާވެސް އަވަހަށް މައްސަލަ ނިންމައިދޭން އެދިވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: