ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އެތެރޭގެ އިންތިހާބުތަކުގެ ވަގުތީ ނަތީޖާތައް އިއުލާނުކޮށްފި

އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ހޮވިވަޑައިގެންނެވި ކެނޑިޑޭޓުން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއަރޕާސަން، އަންހެނުންގެ ރޫހު ރައީސް އަދި ޒުވާނުންގެ ހިއްވަރުގެ ރައީސް އިންތިޚާބު ގެ ވަގުތީ ނަތީޖާ އެޕާޓީގެ ފަރާތުން އިއުލާންކޮށްފިއެެވެ.

އެމްޑީޕީ ސެކްރެޓޭރިއެޓް ޓްވިޓާރ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ވާގޮތުން އެ ޕާޓީގެ ޗެއަރޕާސަންގެ މަގާމު ލިބިފައިވަނީ، އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލަށެވެ. އަދި އަންހެނުންގެގެ ރޫހުގެ ރައީސްކަން ލިބިވަޑައިގެންނަވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމަށް ކަމަށްވާއިރު ޒުވާނުންގެ ހިއްވަރުގެ ރައީސްކަން ލިބިވަޑައިގެންފާވަނީ ރިފްގާ ޝިޔާމަށެވެ.

މިދިއަ މޭ 14 ވަނަ ދުވަހު ބޭއްވުނު އިންތިހާބުގައި ޗެއރޕާސަންގެ މަގާމަށް ދެ ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވާ އިރު، ހޮވިވަޑައިގެންނެވި ކެންޑިޑޭޓް ފައްޔާޒު އިސްމާއިލަށް ލިބިވަޑައިގެންފައިވަނީ ލާފައިވާ 47،521 ސައްހަ ވޯޓުގެ ތެރެއިން 57.81 އިންސައްތަ ވޯޓެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ޖުމުލަކޮށް 19،669 ވޯޓު ލާފައިވާ އިރު، ހޮވިވަޑައިގެންނެވި، ރޮޒެއިނާ އާދަމަށް ލިބިވަޑައިގެންފައިވަނީ އޭގެތެރެއިން 59.53 އިންސައްތަ ވޯޓެވެ. ޒުވާނުންގެ ހިއްވަރުގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި ކެންޑިޑޭޓް ރިފްގާއަށް ލިބިވަޑައިގެންފައިވަނީ ސައްހަ ވޯޓުތަކުގެ ތެރެއިން 53.27 އިންސައްތަ ވޯޓެވެ.

މީގެ އިތުރުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ނައިބުރައީސް ކަމަށް ކުރިމަތިލައްވާފައިވާ  ފާތިމަތު ސަމީރު އަށް ފެންނަ ނުފެންނަ ވޯޓުން ލިބިފައިވަނީ ޖުމުލަ ވޯޓުތަކުގެ ތެރެއިން 62.8 އިންސްތަ ވޯޓެވެ. އަދި ޒުވާނުންގެ ހިއްވަރުގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި އަހްމަދު މައިމޫނު މުހައްމަދަށް ލިބިވަޑައިގެންފައިވަނީ ފެންނަކަމަށް 81.90 އިންސައްތަ ވޯޓެވެ.

ޒުވާނުންގެ ހިއްވަރުގެ ނައިބު ރައީސްކަމަށް އަދި އަންހެނުންގެ ރޫހުގެ ނައިބުރައީސްކަމަށް ކުރިމަތި ލައްވާފައިވަނީ ކޮންމެ މަގާމަކަށްވެސް އެންމެ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީއިން މި އިންތިހާބާއި ބެހޭގޮތުން ބުނެފައިވާނީ އިންތިހާބާއި ގުޅިގެން ޝަކުވާތަކެއް ހުށައެޅިފައިވާ އިރު، ވޯޓުގެ ނަތީޖާއަށް ބަދުލުއަންނަ ފަދަކަމެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި މިއިންތިހާބު ދާއިމީ ނަތީޖާ އިއުލާނު ކުރާނެކަމަށްވެސް އެ ޕާޓީއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: