ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަންފީޒު ކުރަނީ ސަރުކާރާއި ރައީސް ސޯލިހުގެ ސިޔާސަތު، ވަކި ޕާޓީއެއްގެ ނޫން: ޑރ. ހުސެއިން

ފިޝަރީސް މިނިސްޓަރ ޑރ ހުސައިން ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްތައް ބައްޓަންކޮށްފައި ވަނީ ދިވެހި ސަރުކާރާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކުގެ މައްޗަށްކަމަށާއި ވަކި ޕާޓީއެއްގެ ސިޔާސަތެއް ދަމަހައްޓަން މަސައްކަތް ނުކުރާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ޑރ. ހުސެއިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުން ހުޅުވާލި ފުރުސަތުގައި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު އެމްޑީޕީގެ ސިޔާސަތުތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވެމުން މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރަނީ ސަރުކާރުގެ ސިޔާސަތާއި ވައުދުތައް ފުއްދުމަށް ކަމަށެވެ.

އެމްޑީޕީގެ ސިޔާސަތާއި، އެޖެންޑާ 19 ގެ ދަށުން ވީ ވައުދުތައް ނުފުއްދޭ ސަބަބާއި ގުޅޭގޮތުން ޒާހިރު ކުރި ސުވާލަށް ޑރ. ހުސެއިން އިތުރަށް ވިދާޅުވީ ސަރުކާރުން ތަންފީޒު ކުރާނީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެހެން ކަމުން އެއީ ޕާޓީއެއްގެ ވިސްނުމެއްގެ ގޮތުގައި ގަބޫލު ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ. ޑރ. ހުސެއިން ވިދާޅުވީ މިއީ އެމްޑީޕީ ވެސް ހިމެނޭ ގޮތަށް އުފެދިފައިވާ ކޯލިޝަން ސަރުޚާރުގެ ސިތާސަތުތައް ކަމަށެވެ.

“ދިވެހި ސަރުކާރުން ތަންފީޒުކުރަނީ ދިވެހި ސަރުކާރުގެ ސިޔާސަތު. އެހެންވީމައި ދިވެހި ސަރުކާރުގެ ނަމުގައި ކުރާ ކޮންމެ ކަމެއް ކުރަނީ ދިވެހި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް. އެހެންވީމައި އެއީ ވަކި ޕާޓީއެއްގެ ސިޔާސަތެއް ކަމުގައި ނުދެކެން….. އަޅުގަނޑަށް ޔަގީން ކަމާއެކު އެނގެނީ ރައީސް ސޯލިހުގެ އެޕްރޫވަލް އޮވެގެން ހިންގާ ސިޔާސަތުތަކެއް ކަން  ތަންފީޒު ކުރަމުން މި ގެންދަނީ،” ޑރ. ހުސެއިން

އެޖެންޑާ 19 ގައިވާ ގޮތަށް ސަރުކާރުން ވައުުދު ނުފުއްދާކަމަށް ބުނެ އެމްޑީޕީގެ ގިނަ މެމްބަރުން އަބަދުވެސް ކަންބޮޑުވުން ފާޅު ކުރެ އެވެ. އެބޭފުޅުންގެ ނަޒަރުގައި ސަރުކާރުގެ އެތެރޭގައި އެހެން ޕާޓީތަކުގެ ނުފޫޒުތައް އޮތުމުގެ ނަތީޖާއަކީ، އެމްޑީޕީއަށް ރަނގަޅަށް ވެރިކަން ނުހިންގުމެވެ. ގަޒީރާ މެނިފެސްޓޯގެ ދަށުން، ވެފައިވާ ވައުދުތައް ނުފުއްދުމުގެ ސަބަބުން 2023 އެމްޑީޕީއަށް ގެއްލުމުގެ ފުރުސަތު އެބައޮތްކަން ގިނަ މެމްބަރުން ދަނީ ފާހަގަ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: