ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝްގެ ވެއިޓަރަށް ހަމަލާ ދިން ޕާކިސްތާން ކައްކާގެ ބަންދަށް އިތުރު 15 ދުވަސް!

ޙާންޖީ ރެސްޓޯރެންޓުގައި ބިދޭސީއެއް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އާބިދު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހުންނަ މަޝްހޫރު ޚާންޖީ ރެސްޓޯރަންޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ވެއިޓަރަކަށް ތޫނު އެއްޗަކުން ހަމަލާ ދީ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޕާކިސްތާނުގެ މުހައްމަދު އާބިދުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ޕާކިސްތާނު ކެއުންތަކަށް މަޝްހޫރު “ޚާންޖީ” ރެސްޓޯރެންޓުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތަކަށް ހަމަލާދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރީ ހަމަ އެ ރެސްޓޯރަންޓުގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރި މުހައްމަދު އަބިދެވެ. ރުޅި ކޮންޓްރޯލް ނުކުރެވުމާއި، ހަމަނުޖެހުން އުފައްދާކަމަށް ބުނާ އާބިދަކީ ނުރައްކާތެރި މީހެއްގެ ގޮތުގައި ފުލުހުން ބުންޏެވެ. އެހެންވެ އެނާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން އެދުމުން ކޯޓުން މިއަދު ވެސް އިތުރު ކުރީ 15 ދުވަހެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށްދާއިރު، އެ މަރުހަލާ ނިމުނުހާ އަވަހަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނެކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި އާބިދު ބަންދާއި މެދު ގޮތެއް ނިންމަން ހާޒިރު ކުރުމުން ކޯޓުގައި ބުނީ ޝާހީނަށް ހަމަލާ ދިނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށެވެ. އަދި މިހާރު އެކަމާއި ދެރަވެ ހިތާމަ ކުރާކަމަށާއި، ކުރެވުނު ކުށަށް މާފަށް އެދޭކަމަށް އޭނާ ބުންޏެވެ.

އާބިދު ބުނީ އޭނާ ޝާހީނަށް ރައްދުގައި ހަމަލާ ދިނީ އޭނާ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

އެންމެ ފަހުން ބޭއްވު މަޖިލީހުގައި އާބިދު އޭނާގެ ބޭސްފަރުވާގެ ކަންކަން ފުރިހަމަކޮށްދޭން އެދުމުން ޝަރީއަތުން އޭނާގެ ބޭސްފަރުވާ ކުރިޔަށް ދާ ގޮތް ބެލުމަށް އަންގާފައި ވެއެވެ.

އެމްޑީ ޝާހީނަށް ހަމަލާ ދިނުމަށް ފަހު އާބިދު މާލެ އައިސް އޭގެ ފަހުން ހުޅުމާލޭގެ ފޭސް ދޭއްގެ ބީޗް ސަރަހައްދުގައި އުޅެނިކޮށް ހައްޔަރު ކުރީ ހަމަލާ ދިންތާ އެއް ދުވަސް ފަހުންނެވެ. ހަމަލާއަށް ފަހު ރެެސްޓޯރެންޓުގައި މަސައްކަތް ކުރާ މީހުން ވަނީ ހަމަލާ ދީފައި ހުރި ތަނުގެ ސީން އެއްކޮށް ކްލިއާކޮފަ އެވެ. އަދި މައްސަލަ ރިޕޯޓު ކުރީ ހޮސްޕިޓަލުންކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ބިދޭސީ މީހާ މަރުވެފައިވާއިރު ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއަކުން ފެންނަ ގޮތުން އޭނާގެ ބޮލަށާއި، ކަރަށް އަދި ފަޔާއި މެޔަށް ވަނީ ހަމަލާ ދީފަ އެވެ. އާއްމުވި ވީޑިއޯގައި ބިދޭސީ މީހާއަށް ސީޕީއާރު ދޭތަން ވެސް ފެނެ އެވެ. އަދި ގައިގައި ހުރި ލޭ ސާފު ކުރުމަށް އޭނާގެ ގަޔަކަށް ފެން އަޅާފައިވާކަމަށް ބެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: